މިނިވަން ދުވަހުގެ ޖަލްސާ ހުކުރު ދުވަހުގެ ރޭ

Tue, 23 Jul 2024 06:29 PM

View on this article on DhiDaily

މިނިވަން ދުވަހުގެ ޖަލްސާ ހުކުރު ދުވަހުގެ ރޭ

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާ ހުކުރު ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފިއެވެ.



ރައީސް އޮފީހުން ބުނެފައިވަނީ މިނިވަން ދުވަހުގެ ޖަލްސާ ހުކުރު ދުވަހުގެރޭ ބާއްވާނެ ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ޤައުމާ މުހާތަބު ކުރައްވާނީ މި ޖަލްސާގައި ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ. މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ސޯޝަލް ސެންޓަރުގައެވެ.

މި ޖަލްސާގައި ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދއްވާ ޝަރަފުގެ ބެޖާއި، އައްޑަނަ ދެއްވުން އޮންނާނެއެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން މިނިވަން ދުވަހަށް ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށް ރައީސް މުއިއްޒު މީގެކުރިން ވަނީ ނިންމަވާފައެވެ. އަދި ހަމައެކަނި މިނިވަން ދުވަސް ފާހަގަކުރުމަށް ޖަލްސާއެއް ބާއްވާ ޚަރަދުތައް އެތައް ގުނައަކުން ކުޑަކުރުމަށްވެސް ރައިސް މުއިއްޒު ވަނީ އަންގަވާފައެވެ.



More from DhiDaily