ރައީސްގެ ދެކަނބަލުން ޢުމްރާ ކުރެއްވުމަށް ފުރާވަޑައިގެންފި

Fri, 10 May 2024 03:29 PM

View on this article on DhiDaily

ރައީސްގެ ދެކަނބަލުން ޢުމްރާ ކުރެއްވުމަށް ފުރާވަޑައިގެންފި

ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ މެހެމާން ދާރީގައި ކުރައްވާ ޢުމްރާ ދަތުރުފުޅެއްގައި ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފުރާވަޑައިގެންފިއެވެ.



ރައީސްގެ ދެކނބަލުން ސަޢޫދީއަށް ފުރާވަޑައިގެންނެވީ މިއަދު މެންދުރުކުރީގައެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ ދެކަނބަލުންނާ އަރިހުގައި ވަޑައިގަންނަވާ ބޭފުޅުން މި ދަތުރުފުޅު ކުރައްވަނީ ސަޢޫދީ ސަރުކާރުން ފޮނުއްވި ޚާއްސަ މަތިންދާ ބޯޓެއްގައި ކަމަށެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި އިސްލާމީ މަރްކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މީގެއިތުރުން މި ދަތުރުފުޅުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަބްދުﷲ ފަޔާޟާއި މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ޢަލީ ޢާރިފާއި މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ޢަބްދުﷲ ނާޞިރު ބައިވެރިވެވަޑައިގަންނަވައެވެ.



More from DhiDaily