އައިޖީއެމްއެޗުގައި ވިހެއި ކުއްޖަކަށް ގަދަކަމުން އެންޓިބަޔޮޓިކް ދޭން އުޅުނުކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

Tue, 07 May 2024 11:59 PM

View on this article on DhiDaily

އައިޖީއެމްއެޗުގައި ވިހެއި ކުއްޖަކަށް ގަދަކަމުން އެންޓިބަޔޮޓިކް ދޭން އުޅުނުކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

އައިޖީއެމްއެޗުގައި ވިހެއި ތުއްތު ކުއްޖަކަށް ގަދަކަމުން އެންޓިބަޔޮޓިކް ދޭން އުޅުނުކަމަށް ބުނާ ވާހަކަ އެ ހޮސްޕިޓަލުން ދޮގުކޮށްފިއެވެ.



އައިޖީއެމްއެޗުން މިހެން ބުނީ އެ ހޮސްޕިޓަލުގައި ވިހެއި ތުއްތު ކުއްޖަކަށް ފަރުވާ ދިނުމުގައި އެކަށީގެންނުވާ ގޮތްތަކަކަށް އަމަލުކުރިކަމަށް ބުނެ ސޯޝަލްމީޑިއާ އަދި މެއިންސްޓްރީމްގައި ދެކެވެމުންދާ ވާހަކައާ ބެހޭގޮތުން ނެރުނު ނޫސްބަޔާނެއްގައެވެ.

އައިޖީއެމްއެޗުން ބުނީ ބަލިމީހުންނަށް ފަރުވާދިނުމުގައި އެ ހޮސްޕިޓަލުން އަމަލުކުރަނީ މެޑިކަލް ޕްރެކްޓިސްގައި އަމަލުކުރަމުން އަންނަ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އަދި
ސޯޝަލްމީޑިއާގައި ބަލި މީހެއްގެ ހާލަތާއި ފަރުވާއާބެހޭ ގޮތުން ވަކިގޮތަކަށް ވާހަކަ ދެކެވުނު ނަމަވެސް ބަލިމީހުންގެ ބަލީގެ ހާލަތާއި ދީފައިވާ ފަރުވާގެ ތަފުސީލުތަކަކީ އާންމުކޮށް ސޯޝަލްމީޑިއާގައި ހޮސްޕިޓަލުން ހާމަކުރާ މައުލޫމާތުތަކެއް ނޫން ކަމަށެވެ.

މިގޮތުން މި މައްސަލައިގައި ވެސް ބޭސްދިނުމާއި އަދި ފަރުވާއާ ގުޅުންހުރި އެހެނިހެން ކަންކަން ބަލިމީހާގެ އާއިލާއާ ވާނީ މަޝްވަރާކުރެވި ތަފުސީލުކޮށް ކިޔައިދީފައިވާނެ ކަމަށެވެ.

ސޯޝަލްމީޑިއާގައި ކަމުގެ ހަގީގަތް އޮޅޭ ގޮތަށް އެ ހާދިސާއަކާ ގުޅުވައި އެ ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ޑޮކްޓަރުންގެ ފޮޓޯ އާންމުކޮށް އެ ފަރާތްތަކުގެ ޒިންމާ އަދާކުރުމަށް ހުރަސްްއެޅޭފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި މިފަދައިން ކުރާ އަމަލުތަކާ ގުޅިގެން ހޮސްޕިޓަލުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވަނީ ބުނެފައެވެ.



More from DhiDaily