ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ޒަމީރު މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

Tue, 07 May 2024 11:29 PM

View on this article on DhiDaily

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ޒަމީރު މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު މާދަމާ އިންޑިއާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.



ADVERTISEMENT

ފޮރިން މިނިސްޓްރީއިން ބުނީ މިނިސްޓަރު ޒަމީރު މިމަހުގެ 8 އިން 10 އަށް އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި މިނިސްޓަރު ޒަމީރުގެ މި ދަތުރުފުޅުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ އެސް ޖައިޝަންކަރާ ބައްދަލުކުރައްވައި ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް ފުޅާކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

މިއީ ފޮރިން މިނިސްޓަރު ޒަމީރު މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.



More from DhiDaily