ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު މުޢާޒް މަކުނުދޫ ކައުންސިލާ ބައްދަލުކުރައްވައިފި

Tue, 07 May 2024 09:29 PM

View on this article on DhiDaily

ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު މުޢާޒް މަކުނުދޫ ކައުންސިލާ ބައްދަލުކުރައްވައިފި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު މުޢާޒް މުޙައްމަދު ރަޝީދު ހދ.މަކުނުދޫ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.



ފެނަކައިން މިއަދު ބުނީ އެ ކުންފުނީގެ އެމްޑީ މުޢާޒާއި ކުންފުނީގެ އިސްވެރިން، މަކުނުދޫ ކައުންސިލާ ބައްދަލުކުރައްވައި އެ ކޯޕަރޭޝަނާއި ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާއި ދެމުންގެންދާ ޚިދުމަތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ަކަމަށެވެ.

އެމްޑީ މުޢާޒް ދާދިފަހުން ވަނީ ކ.ހުރާ ކައުންސިލާއި ބ.ތުޅާދޫ ކައުންސިލާ ބައްދަލުކުރައްވައި ފެނަކައާ އެ ކައުންސިލުތަކާ ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާއި ދެމުންގެންދާ ޚިދުމަތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.



More from DhiDaily