އެއާޕޯޓުގައި މާރާމާރީ ހިންގި ބިދޭސީއަކު ހައްޔަރުކޮށްފި

Tue, 07 May 2024 01:49 PM

View on this article on DhiDaily

އެއާޕޯޓުގައި މާރާމާރީ ހިންގި ބިދޭސީއަކު ހައްޔަރުކޮށްފި

ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަލަން އެއާޕޯޓް (ވީއައިއޭ) ގައި މާރާމާރީ ހިންގި ބިދޭސީއަކު މިއަދު ހައްޔަރުކޮށްފި އެވެ.



މި ހާދިސާއާ ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އެއާލައިނެއްގެ ސްޓާފުންތަކަކާއި ބިދޭސީއަކާ ދެމެދު ހިނގި އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނައުމުން އެ މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ އެއާޕޯޓްގެ ޑިޕާޗާ ޓާމިނަލގައި މިއަދު ހެނދުނު ހިންގި މާރާމާރީގެ މައްސަލަ މިހާރު އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ޔޫއޭއީ އަށް ފުރަން ދިޔަ މީހާ މާރާމާރީ ހިންގީ އޭނަ ލަގެޖްގެ ބަރުވެގެން، ފައިސާ ދައްކަން އެދުމުން ރުޅިގަދަވެ، ޒުވާބުކުރުމަށް ފަހު އެވެ.

މާރާމާރީ ހިންގި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ. އެއިން ފެންނަނީ ބިދޭސީ މީހާ ވަރަށް ބޮޑަށް ރުޅިގަދަވެގެން ގޮސް މުވައްޒަފެއްގެ ބޮލުގައި ޖަހައި ކޮއްޕައި ވައްޓާލަން ތަނެވެ. އަދި އޭނަ ހުއްޓުވުމަށް މަސައްކަތް ކުރި އެހެން މީހެއްގެ ގައިގައި ޖަހާތަން ވެސް ފެނެ އެވެ.

މި ހާދިސާ ހިނގި ތަނުގައި ގިނަ ބަޔަކު ހަރަކާތްތެރިވަމުން ދިޔަ ތަން ވެސް ވީޑިއޯ އިން ފެނެ އެވެ.



More from DhiDaily