ވިލާ ކޮލެޖުގެ ދަރިވަރަކު ބްލެކްމެއިލްކުރި ކަމަށް ބުނާ ފުލުހެއްގެ މައްސަލަ ބަލަން ފަށައިފި

Mon, 06 May 2024 04:19 PM

View on this article on DhiDaily

ވިލާ ކޮލެޖުގެ ދަރިވަރަކު ބްލެކްމެއިލްކުރި ކަމަށް ބުނާ ފުލުހެއްގެ މައްސަލަ ބަލަން ފަށައިފި

ވިލާ ކޮލެޖުގެ ދަރިވަރަކު ބްލެކްމެއިލްކުރި ކަމަށް ބުނާ ފުލުހެއްގެ މައްސަލަ ބަލަން ފަށައިފިއެވެ.



ޑރ.މުޙައްމަދު އާތިފް އެކްސްގައި ކުރި ‏ޕޯސްޓެއްގައިވަނީ ދިވެހި ފުލުހުންގެ އިންސްޕެކްޓަރު އިސްމާޢީލް ރަމީޒު އިބްރާހީމް, ވިލާ ކޮލެޖްއި ނާސިން ކިޔަވާ ދަރިވަރަކު ބްލެކްމެއިލްކޮށް ފައިސާ ހޯދަން ކުރާ މަސައްކަތް ބެލޭނެ ވެރިއަކު ނޫނީ އިދާރާއެއް މި ދިވެހީންގެރަާއްޖޭގައި އެބަހުރިތޯ ސުވާލުކުރައްވައިފައެވެ.

އެގޮތުން ފުލުހުންގެ ސްޕޯކްސްޕަރސަން އަޙްމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުލުހުންނާމެދު ކުރެވޭ ޝަކުވާތައް ތަހުގީގުކުރާ ބަހާއިން މި މައުލޫމާތު ޔަގީންކޮށް މިކަން ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެއިތުރުން ފުލުހަކާމެދު ޝަކުވާއެއްވާނަމަ ސީދާ ފުލުހުންނަށް އެކަމެއް ހުށަހަޅުއްވައިގެން ހައްލުކުރެއްވުމަށް ވެސް އޭނާ އެދިވަޑައިގެންނެވިއެވެ.



More from DhiDaily