ތިން ގައުމަކަށް ސަފީރުން އައްޔަންކުރުމަށް ރުހުންދިނުމަށް މަޖިލީހުން ފާސްކޮށްފި

Mon, 06 May 2024 03:59 PM

View on this article on DhiDaily

ތިން ގައުމަކަށް ސަފީރުން އައްޔަންކުރުމަށް ރުހުންދިނުމަށް މަޖިލީހުން ފާސްކޮށްފި

ތިން ގައުމަކަށް ސަފީރުން އައްޔަންކުރުމަށް ރުހުންދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.



މިގޮތަށް ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާގައެވެ.

އެގޮތުން މިއަދުގެ ޖަލްސާގައި ވަނީ ޗައިނާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް މ.ފަށަލަ ޑރ.ފަޒީލް ނަޖީބު އައްޔަން ކުރެއްވުމަށް ރުހުންދިނުމަށް ފާސްކޮށްފައެވެ.

މީގެއިތުރުން ބަނގްލަދޭޝްއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ސ.ހުޅުދޫ އަސަރީގޭ ޝިއުނީން ރަޝީދު އަދި ރާއްޖެއިން ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ނ. ހޮޅުދޫ، އުފަންވެލި މުޙައްމަދު ޠާހާ އައްޔަން ކުރެއްވުމަށް ރުހުން ދިނުމަށް ވެސް މިއަދު ވަނީ ފާސްކޮށްފައެވެ.



More from DhiDaily