މަހަށްދިޔަ ދޯންޏެއް ގެއްލިގެން ޑްރޯން ބޭނުން ކުރަނީ

Sat, 20 Apr 2024 12:29 PM

View on this article on DhiDaily

މަހަށްދިޔަ ދޯންޏެއް ގެއްލިގެން ޑްރޯން ބޭނުން ކުރަނީ

މ. މަޑުއްވަރިން މަހަށް ނިކުތް ދޯންޏެއް ގެއްލިގެން އޭގައި ތިބި މީހުން ހޯދަން ފަށާފައިވާ އޮޕަރޭޝަން ގައި ސިފައިންގެ ވައިގެ ބާރުގެ ޑްރޯން ބޭނުން ކުރަން ފަށައިފި އެވެ.



ފުލުހުން ބުނީ އިއްޔެ ހަވީރު މ. މަޑުއްވަރިން ދޯންޏެއްގައި މަހަށް ދިޔަ ދެ މީހަކު ހަބަރެއް ނުވެ ވީނުވީއެއް ނޭނގި ގެއްލިފައިވާކަމުގެ މައުލޫމާތު ރޭ 10:06 ހާއިރު ލިބިފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން މ. އަތޮޅު ފުލުހުންގެ ލޯންޗު ދަނީ ދޯނި ފެނޭތޯ ދޯނި ދަތުރުކުރި ސަރަހައްދު ބަލަމުންނެވެ. މި ދޯނިން ދަތުރުކޮށްފައިވަނީ ދެ ދިވެހިންނެވެ.

އެމްއެންޑީއެފުން ބުނީ އެމްއެންޑީއެފް ވައި ބާރުން ވަނީ ދޯނި ހޯދުމަށްޓަކައި ”ޔޫއޭވީ“ އެ ސަރަހައްދަށް ދިއުމަށް އުދުއްސާލައިފައި ކަމަށެވެ. އަދި ކޯސްޓްގާޑުގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް’ މާފަތް’ ވެސް ދަނީ ދޯނި ހޯދުމަށް މަސައްކަތް ކުރަމުންނެވެ.



More from DhiDaily