ރަސްފަންނުގައި ފަތުރުވެރިންތަކެއް ބިކިނީގައި

Tue, 27 Dec 2022 03:39 PM

View on this article on DhiDaily

ރަސްފަންނުގައި ފަތުރުވެރިންތަކެއް ބިކިނީގައި

ރަސްފަންނުގައި ފަތުރުވެރިން ބިކިނީގައި އުޅޭ މަންޒަރުތަކެއް އާންމުވެއްޖެއެވެ.

އެ ފޮޓޯއިން ފެންނަ ގޮތުގައި ދެ ފަތުރުވެރިއަކު ރަސްފަންނުގައި ނިވާކަން ކުޑަ ގޮތެއްގައި އިށީނދެގެން ތިބޭ އިރު، އެމީހުންނަށް ފުލުހަކު ވާހަކަ ދައްކާ މަންޒަރު ވެސް ފެނެއެވެ.

މިކަން މިހެން ހިނގިއިރު، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އާންމު ތަންތަނުގައި ނިވާ ކަން ކުޑަ ހެދުން ލައިގެން އުޅުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ.

އެ ވީޑިއޯ އާންމުވުމާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.

އަދި ސައްތައިން ސައްތަ މުސްލިމު ގައުމެއްގައި އަދި ހާއްސަކޮށް ވެރިރަށް މާލޭގައި އެގޮތަށް އުޅެވިގެން ނުވާނެ ކަމަށް ވެސް މީސް މީޑިއާގައި ބުނެފައި ވެއެވެ.

ނަމަވެސް ބައެއް މީހުން ވަނީ ފަތުރުވެރިންނަށް އުނދަގޫކުރުން ހުއްޓާލައި ބޭނުން ގޮތަކަށް ހެދުން އަޅައިގެން އުޅުމަށް ވެސް ގޮވާލައިފައެވެ.

ނަމަވެސް ގެސްޓު ހައުސްތައް ހުންނަ ރަށްރަށުގައި އާންމުން އުޅޭ ތަންތަނުގައި ބިކިނީ ލައިގެން އުޅޭ މައްސަލަތައް ބޮޑެވެ. އަދި އެ ކަންކަން ހުއްޓުވުމުގައި ވަނީ ނުކުޅެދިފައެވެ.

ދޭތެރެއަކުން މިފަަދަ މައްސަލަތައް ފެންމަތިވާއިރު، ގެސްޓް ހިންގާ ރަށްރަށުގައި ވެސް މި މައްސަލަ ވަނީ ބޮޑުވެފައެވެ. ނަމަވެސް، ގެސްޓުހައުސް ހިންގުމާ ބެހޭ ޤަވާޢިދުގެ 27 ވަނަ މާއްދާގެ ދަށުން ފަތުރުވެރިން އާންމު ތަންތަނުގައި ނިވާކަން ކުޑަ ހެދުން ލައިގެން އުޅުމާއި ބަރަހަނާވުމަކީ މަނާކަމެކެވެ.


More from DhiDaily