ލަންކާގައި ދިވެހިން ބައިވެރިވާ ބޮޑު ޑްރަގު ބަސްޓެއް!

Tue, 25 Jun 2024 03:46 PM

View on this article on Dhen.mv

ލަންކާގައި ދިވެހިން ބައިވެރިވާ ބޮޑު ޑްރަގު ބަސްޓެއް!

ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ ސެންޓްރަލް މެއިލް އެކްސްޗޭންޖް (ސީއެމްއީ)ގެ ޕެކޭޖަކުން އަތުލައިގަތް 4 ކިލޯގެ ޑްރަގު އެ ގައުމަށް އެތެރެކުރުމުގައި ދިވެހިންތަކެއް ބައިވެރިވުން އޮތްކަން އެނގިއްޖެ އެވެ.



Ads by Hajj Corporation

ލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ޑްރަގުތައް އަތުލައިގަނެފައިވާނީ، އެ ގައުމުގެ ފުލުހުންނާ ކަސްޓަމްސް ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަންގަ އެވެ. އަތުލައިގަތް ޑްރަގުގެ މަގުމަތީ އަގު 200 މިލިއަން ރުޕީސްއަށް އަރަ އެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހު މެއިލް މެދުވެރިކޮށް ޕާކިސްތާނުން ލަންކާ އަށް ދިޔަ އެ ޕޭކްޖުގެއި ޑްރަގު ހުރި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން ފާރަލާން ފެށި އެވެ. އެ ނޫހުން ރިޕޯޓްކޮށްފައިވާ ޕެކޭޖް ބަލައި ދިޔަ ތިން ފިރިހެނުން ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. ޕެކޭޓް ތެރެއިން ފުލުހުން ވަނީ ޑްރަގުގެ ބާވަތެއް ކަމަށްވާ މެތަމެފެޓިން ހޯދާފަ އެވެ.

"އިބްތިދާއީ ތަހުގީގަށް އެނގިފައިވާ ގޮތުގައި އަތުލައިގަތް މެތަމްފެޓަމިން އަކީ އިންޑިއާ އަށް ނިސްބަތްވާ އެއްޗެއް، ލަންކާގައި އޭގެ ގުރާމެއްގެ މަގުމަތީ އަގު އުޅެނީ 20،000 ރުޕީސް އާއި 40،000 ރުޕީސް އާ ދެމެދު" ލަންކާ ކަސްޓަމްސްގެ ތަރުޖަމާނު އެޑިޝަނަލް ޑިރެކްޓާ ޖެނެރަލް ސީވަލީ އަރުކްގޯޑާ ވިދާޅުވި އެވެ.

ކަސްޓަމްސްއާ ހަވާލާދީ ޑެއިލީ މިރާއިން ރިޕޯޓްކޮށްފައިވާ ގޮތުން މައްސަލާގައި ތުހުމަތުކުރެވޭ މީހުންނާ ފުލުހުން ސުވާލުކުރުމުން އެ މީހުން ބުނެފައިވަނީ ޑްރަގު ބަލައި ދިޔައީ "މިޑިލް މޭން" އެއްގެ ހައިސިއްޔަތުން ކަމަށެވެ. އަދި ޑްރަގު އެތެރެކުރުމުގެ އިސްކޮޅު އުޅެނީ ކޮލަމްބޯގައި ތިބި ޕާކިސްތާނު ބަޔަކާއި ދިވެހިންތަކެއް ގުޅިގެން ކަމަށް އެ މީހުން، ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް އެ ނޫހުން ރިޕޯޓްކޮށްފައިވެ އެވެ. އެ މީހުންނާ ގުޅޭ އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.



More from Dhen.mv