ފޭސް ދޭއްގެ ހަޓުތައް ނެގި ފަހުން ވެސް އެ ތަނުގައި ވިޔަފާރިކުރަނީ

Tue, 25 Jun 2024 02:31 PM

View on this article on Dhen.mv

ހުޅުމާލެ ފޭސް ދޭއްގެ ތިންވަނަ ރުއްގަނޑުގެ ބީޗު ސަރަހައްދުގައި ހުރި ހަޓްތައް ނެގި ފަހުންވެސް ލޮޓްތަކުގެ ތެރޭގައި ވިޔަފާރި ކުރަމުން އަންނަ ކަމަށް އެޗްޑީސީން ބުނެފި އެވެ. 

Ads by Hajj Corporation

އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހަޓްތައް ނެގި ފަހުންވެސް އެ ސަރަހައްދުގެ އާންމު ފަރާތްތަކުގެ ލޮޓް ތަކުގެ ތެރޭގައި ވިޔަފާރި ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. 

އެޗްޑީސީން ބުނީ އެކަހަލަ ވިޔަފާރި ކުރުމަކީ މަނާކަމެއް ކަމަށެވެ. އެހެންވެ ލޮޓްތަކުގެ ވެރިފަރާތުން އެކަމަށް ސަމާލުކަން ދިނުމަށް އެދިފައިވެ އެވެ. 

ފޭސް ދޭއްގެ ހަޓްތައް ނެގި އެކަމާ ގުޅޭ ގޮތުން ގިނަ ބައެއްގެ ޝަކުވާ ލިބޭތީވެ ކަމަށެވެ. އަދި ގިނަ މީހުންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، އެ ސަރަހައްދު އިތުރަށް ތަރައްގީކޮށް ވަސީލަތްތައް ގާއިމް ކުރުމަށެެވެ.

ސަރަހައްދު ތަރައްގީ ކޮށް ނިމުމުން، ކަނޑައެޅޭ އުސޫލެއްގެ ދަށުން ވިޔަފާރިތަކަށް އަލުން ހުޅުވާލާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.





More from Dhen.mv