މަޖިލީހުގެ މަސައްކަތްތައް ސަރުކާރަށް ހުއްޓުވޭނެކަމަށް ޤަބޫލުނުކުރަން: ރިޔާޒު

Thu, 08 Jun 2023 09:32 PM

View on this article on Dhen.mv

މަޖިލީހުގެ މަސައްކަތްތައް ސަރުކާރަށް ހުއްޓުވޭނެކަމަށް ޤަބޫލުނުކުރަން: ރިޔާޒު

ރައްޔިތުންގެ މަޖިލީހުގައި މަރުތަޅު އަޅުވާފައިވަނީ ސަރުކާރުން ކަމަށް ވިދާޅުވެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ދެއްކެވި ވާހަކަތަކަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ރިޔާޒު ފާޑުވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި އީވާ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ތިން މަސް ދުވަސް ކުރިން ސަރުކާރާއި މަޖިލީހުގެ މެޖޯރިޓީ ޕާޓީ ކަމަށްވާ، އެމްޑީޕީ ގުޅިގެން މަޖިލީހުގައި މަރުތަޅު އެޅުވީ ރައްޔިތުންގެ މަޖިލީހަށް ސަރުކާރު ޖަވާބުދާރީ ނުކުރެވޭނެކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށެވެ.

މިކަމާއި ގުޅިގެން ރިޔާޒު ވިދާޅުވީ މަޖިލިހަކީ ދައުލަތުގެ އެއްބާރު ކަމަށެވެ. އަދި މަޖިލިހުގެ މަސައްކަތްް ސަރުކާރަކަށްވެސް، ފަނޑިޔާރުގެއަކަށްވެސް، ރައްޔިތުންގެ މަޖިލިހުގެ ރައީސަކަށްވެސް ހުއްޓުވޭނެކަމަކަށް ޤަބޫލެއްނުކުރާ ކަމަށެވެ.

”މަޖިލިހުގެ މަސައްކަތް ޤާނޫނު އަސާސީއާއި މަޖިލިހުގެ ޤަވާއިދާއެއްގޮތައް ކުރިޔަށް ގެންދެވެންޖެހޭނެ” ރިޔާޒު ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި އީވާ އިތުރަށް ވިދާޅުވީރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އަކީ ތަޖުރިބާ ހުރި ސިޔާސީ ދެ ބޭފުޅުން ކަމަށާއި މިކަން މިގޮތަށް ކުރީ އޮޅިގެން ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.



More from Dhen.mv