މުޅި ލާމު އިންތިޒާރު ކުރަމުން އަންނަ ޕަސްކުއަލް ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް މިރޭ

Thu, 08 Jun 2023 05:03 PM

View on this article on Dhen.mv

މުޅި ލާމު އިންތިޒާރު ކުރަމުން އަންނަ ޕަސްކުއަލް ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް މިރޭ

ލާާމު އަތޮޅުގައި ބާއްވާ އެންމެ ފޯރިގަދަ، އެންމެ އަގު ބޮޑު މުބާރާތް, ޕަސްކުއަލް ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް މިރޭ ފެށާނެއެވެ.

ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބުން ސިލްސިލާކޮށް ކޮންމެ އަހަރު ބާއްވަމުން އަންނަ މި މުބާރާތުގައި މި އަހަރު 15 ޓީމް ބައިވެރިވިއެވެ. ރާއްޖޭގައި ނަން ހިނގާ ގިނަ ފުޓްސަލް ތަރިންނާއެކު މިއަހަރު ވެސް މުބާރާތުން ފެނިގެންދާނެއެވެ. މިއަހަރުގެ މެޗުތައް ވެސް އޮންނާނީ ފޮނަދޫ މެދުއަވަށު ފުޓްސަލް ދަނޑުގައެވެ.

މުބާރާތް ހުޅުވުމަށް ބާއްވާ ރަސްމިއްޔާތު މިރޭ 20:15ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ފެށުމުގެ ރަސްމިއްޔާތުގައި ސިންބޯލިކް ރިކޯޑްސްގެ ޚާއްސަ ހުށަހެޅުމެއް އޮންނާނެއެވެ. އެއަށްފަހު މިރޭގެ ފުރަތަމަ މެޗް އޮންނާނީ 9 ޖަހާއިރުއެވެ. ކުޅުމަށް ހަމަޖެހިފައިވަނީ ރަސްއައިން ޑިޓްރޮއިޓްސް އާއި ގޯޅިއަންސްއެވެ.

މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ ގްރޫޕްތަކަށް ބަހާލައިގެންނެވެ. މިގޮތުން މުބާރާތުގައި ބައިވެރިވާ 15 ޓީމް ވަނީ 4 ގްރޫޕަކަށް ބަހާލާފައެވެ. ގްރޫޕް ސްޓޭޖަށްފަހު ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމް ކުއާޓާއަށް ދަތުރު ކުރާނެއެވެ. މުބާރާތުގެ ފައިނަލް ބޭއްވުމަށް ހަމަޖެހިފައިވަނީ 20ވަނަ ދުވަހުގައެވެ. މިއަހަރުގެ މުބާރާތުގެ ޗެންޕިއަންއަށްވެސް 50,000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި އަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މިދިޔަ އަހަރުގެ މުބާރާތުގެ ވެސް ޓައިޓަލް ސްޕޮންސަރ ޕަސްކުއަލްއެވެ. އެފްއެމްއެސްސީގެ ފޭސްބުކް ޕޭޖުން ވަގުތުން މުބާރާތް ދުރަށް ދައްކާނެއެވެ.

ގުރޫޕު އޭ

  1. މާހިންނަ ޑިޓްރޮއިޓްސް،
  2. ގޯޅިއަންސް،
  3. އަފޭން،
  4. މާހިންނަ ފަލްކޮންސް.

ގުރޫޕް ބީ

  1. ނެވަގިވަޕް،
  2. އައުޓްރީފް އެސްސީ،
  3. ކިއުއެމް ސްޕޯޓްސް އެކަޑަމީ،
  4. ޔޫތް އެކަޑަމީ.

ގުރޫޕް ސީ

  1. ގޯޅި އެސްސީ،
  2. ބިގް ޝޮޓްސް،
  3. ޔުނައިޓެޑް އައުޓްރީފް،
  4. ކަންމަތި އެސްސީ.

ގުރޫޕް ޑީ

  1. ކަންމަތި އެފްސީ،
  2. ބީޖީ ސްޕޯޓްސް ކުލަބް،
  3. ބެސްޓް ބޯއީސް.



More from Dhen.mv