މިިއަދަކީ 19 ވަނަ މަޖިލީހުގެ ހަޔާތުގަ ކަޅު، ހުތުރު ދުވަހެއް: މީކާއީލް

Mon, 05 Jun 2023 12:10 PM

View on this article on Dhen.mv

މިިއަދަކީ 19 ވަނަ މަޖިލީހުގެ ހަޔާތުގަ ކަޅު، ހުތުރު ދުވަހެއް: މީކާއީލް

މިިއަދަކީ 19 ވަނަ މަޖިލީހުގެ ހަޔާތުގަ ކަޅު، ހުތުރު ދުވަހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މީކާއީލް ނަސީމް ވިދާޅުވެއްޖެއެވެ.

މެމްބަރު މީކާއީލް މިހެން ވިދާޅުވީ މިއަދު މަޖިލީހަށް ހުށައެޅިިފައިިވާ ބަންޑާރަނައިބުގެ އިތުބާރުގެ މައްސަލައަށް ޖަވާބު ދާރީވުމަށް އޭޖީ މިއަދު މަޖިިލީހަށް ހާޒިރުވެވަޑައިގެން އިިންނެވި އިރު އެމަނިިކުފާނުގެ އަރިހުގައި އިށީނދެ ތިއްބެވިި ދެކަނބަލުންނަކީ 18 އަހަރު ނުވާ ދެކަނބަލުން ކަމަށް ފެންނަކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު ސަލީމް ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

"ރައްޔިތުންގެ މަޖިލީހަށް ހާޒިރުވާ ވަޒީރުންނާއިއެކު ތިއްބަވާ އަންހެންނުންނަށް ކުޑައިމީސްކޮށް، ފޮށެންފެށުނު މިދުވަހަކީ 19ވަނަ މަޖިލީހުގެ ހަޔާތުގަ ކަޅު، ހުތުރު ދުވަހެއް" މީކާއީލް ވިދާޅުވިއެވެ.

ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅާފައި މިވަނީ ފޯޅަވައްސާއި ދިމާލުން އޮންނަ ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ބޭރުގެ ބަޔަކަށް ދޫކޮށްލަން ބަންޑާރަ ނައިބު ލަފާދިންކަމަށްބުނާ މައްސަލައާއި ގުޅިގެންނެވެ.



More from Dhen.mv