ވަގުތުތަކެއް ބޭކާރުކޮށް ސަކަރާތް ޖެހުމަށްފަހު މަޖިލިސް މަޝްވަރާއަށް

Mon, 05 Jun 2023 11:21 AM

View on this article on Dhen.mv

ވަގުތުތަކެއް ބޭކާރުކޮށް ސަކަރާތް ޖެހުމަށްފަހު މަޖިލިސް މަޝްވަރާއަށް

ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމަށް އިދިކޮޅު ޕީޕީއެމް ކޯލިޝަނުން މަޖިލިހަށް މައްސަލަ ހުށަނޭޅި ގިނަ އިރުތަކެއް ބޭކާރު ކުރުމަށްފަހު ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރަން މަޖިލިސް މެދުކަނޑައިލައިފިއެވެ.

އޭޖީ އިބްރާހިމް ރިފްޢަތު އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލައިގައި މިދިޔަ ބުދަ ދުވަހު، އޭނާ މަޖިލީހަށް ހާޒިރުވާން އެންގުމުން ލިޔުމުން ޖަވާބު ފޮނުވުމަށްފަ

ހު، މަޖިލީހަށް ހާޒިރުވާން ވަނީ އުޒުރުވެރިވެފައެވެ. އެހެންނަމަވެސް އަނގަބަހުން ޖަވާބުދާރީ ވުމަށް ކޮމިޓީން ވަގުތު ކަނޑައަޅާފައިވާތީ، ޤާނޫނު އަސާސީގައި "އަނގަބަހުންނާއި ލިޔުމުން" ދިފާޢުވުމުގެ ފުރުޞަތު ވަޒީރަށް ލިބިދީފައިވާތީ ކަމަށް ބުނެ، ސިޔާސީ ޕާޓީތަކުން ވަނީ އެމައްސަލައިގައި ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން ހުށަހަޅައިފައެވެ.

ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން ޖެހޭކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުވެސް ވިދާޅުވެފައިވަނިކޮށް، އޭޖީގެ ނިންމުން ބަދަލުކުރައްވައި މިއަދު ވަނީ ޖަލްސާއަށް ހާޒިރުވެވަޑައިގެންފައެވެ.

މިއަދުގެ ޖަލްސާގައި އަލުން އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރަށް ފުރުސަތު ދެވުނެވެ.

އެހެންނަމަވެސް މަޖިލީހުގެ ތަޅުން ހޫނުވެ ފުރަތަމަ ފަނަރަ މިނެޓުގެ ތެރޭގައި ޖަލްސާ މެދުކަނޑައިލިއެވެ. އޭގެ ފަހުން އަނެއްކާވެސް މަޖިލިސް ފެށިއެވެ. އެއާއެކުވެސް ފެނިގެން ދިޔައީ މެމްބަރު އާދަމް ޝަރީފަށް ފުރުސަތު ނުލިބޭ ގޮތަށް ނިޒާމީ މައްސަލަ ފުލުފުލުގައި ނަންގަވަމުން ގެންދެވި މަންޒަރެވެ.

މިއަދުގެ މަޖިލިސް ޖަލްސާގެ ފުރަތަމަ ދެގަޑިއިރުވަންދެން އޮތީ އަޑުގަދަ ކުރުމާއި، "ޗޯރު އިބުރޭ" ލަވަ ޖެހުމާއި ނިޒާމީ މައްސަލަ ނެގުމެވެ.

އޭގެ ފަހުން މަޖިލީހުގެ ރިޔާސަތުން ނިންމީ މަޖިލީހުގައި މެމްބަރުން ތަމްސީލު ކުރާ ސިޔާސީ ޕާޓީތަކާއިއެކު މަޝްވަރާއަށް ވަޑައިގަންނަވާށެވެ.

ގާތްގަނޑަކަށް ބައި ގަޑިއިރެއްހާ ވަގުތަށްފަހު އަލުން މަޖިލިސް ފަށާފައިވަނީ 11 ޖެހިއިރުއެވެ. މިހާރުވެސް މަޖިލީހުގައި ކުރިއަށް ދަނީ އޭޖީ އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމެވެ. އެއަށްފަހު ދެގަޑިއިރުގެ ބަހުސެއް ކުރިއަށް ގެންދާނެއެވެ. އޭގެ ތެރެއިން 30 މިނެޓުގެ ވަގުތެއް އަރުވާނީ މިމައްސަލައިގައި ޖަވާބުދާރީވެވަޑައިގެންނެވުމަށް އޭޖީ އަށެވެ.

ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅާފައި މިވަނީ ފޯޅަވައްސާއި ދިމާލުން އޮންނަ ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ބޭރުގެ ބަޔަކަށް ދޫކޮށްލަން ބަންޑާރަ ނައިބު ލަފާދިން މައްސަލައާއި ގުޅިގެންނެވެ.



More from Dhen.mv