ޤައުމު ތަރައްޤީ ކުރެވޭނެ ހަމައެކަނި ފޯމިއުލާ އަކީ ރައީސް ޞާލިޙު: އިމްރާން

Mon, 05 Jun 2023 10:40 AM

View on this article on Dhen.mv

ޤައުމު ތަރައްޤީ ކުރެވޭނެ ހަމައެކަނި ފޯމިއުލާ އަކީ ރައީސް ޞާލިޙު: އިމްރާން

ޤައުމު ތަރައްޤީ ކުރެވޭނެ ހަމައެކަނި ފޯމިއުލާއަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުޖްތަމަޢުގެ މަސްލަހަތާއި، ހަމަޖެހުމާއެކު ފަރުދުންގެ ރައްކާތެރިކަން ކަށަވަރުވާ ގޮތަށް، ޤައުމު ތަރައްގީ ކުރެވޭނެ ހަމައެކަނި ފޯމިއުލާއަކީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޞާލިޙު ކަމަށާއި، ދެވަނަ ދައުރަކަށް ރައީސް އިންތިޚާ ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމުގައެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަން ވަމުން އަންނައިރު، ޢަދާލަތު ޕާޓީން ވަނީ، ރައީސް ޞާލިޙާއެކު ކޯލިޝަން ހެދުމަށް ނިންމައިފައެވެ. ދާދި ފަހުން އެ ޕާޓީން ބޭނުންވާ ކަންކަން ހިއްސާ ކުރުމަށް ރައީސް ޞާލިޙާ ބައްދަލުވެސް ކުރެއްވިއެވެ.

ދެން އަންނަ ދައުރެއްގައިވެސް، ކޯލިޝަން ދަމަހައްޓަން ޢަދާލަތުން ނިންމިއިރު، މިނިސްޓަރު އިމްރާން ގެންދަވަނީ، ރައީސް ޞާލިޙަށް ތާއީދު ކުރައްވައި، ޓްވިޓަރގައި ޚިޔާލުފާޅު ކުރައްވަމުންނެވެ. އަދި ރައީސް ޞާލިޙުގެ ވާދަވެރިންނަށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ.

 



More from Dhen.mv