އޭޖީގެ އިތުބާރު ނެތް މައްސަލަ: މަޖިލިސް ހޫނުވެ، މެދުކަނޑައިލައިފި

Mon, 05 Jun 2023 09:54 AM

View on this article on Dhen.mv

އޭޖީގެ އިތުބާރު ނެތް މައްސަލަ: މަޖިލިސް ހޫނުވެ، މެދުކަނޑައިލައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ ދައުލަތުގެ ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މަޖިލީހުގައި ތިއްބަވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން މަޝްވަރާ ކުރުމަށް މަޖިލިސް މެދުކަނޑާލައިފިއެވެ.

މިއަދުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރިއްފަތުވަނީ މަޖިލީހަށް ހާޒިރުވެފައެވެ. އެހެންނަމަވެސް އެޖެންޑާ އިއުލާނުކުރުމާއެކު އިދިކޮޅު މެމްބަރުންވަނީ ގޮނޑިން ތެދުވެވަޑައިގެން އަޑު ގަދަ ކުރައްވާފައެވެ.

13 މެމްބަރުންގެ ސޮޔާއެކު ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ ރާއްޖެއާއި މޮރިޝަސްގެ ސަރަހައްދީ އިމުގެ މައްސަލައިގައެވެ. އިދިކޮޅުން ތުހުމަތު ކުރާ ގޮތުގައި, ރާއްޖޭގެ ވަކީލެއްގެ ގޮތުގައި ރިއްފަތު މަސައްކަތްކޮށްފައިވަނީ ރާއްޖޭގެ މަސްލަހަތު އިސްނުކޮށެވެ.

 



More from Dhen.mv