އިންޑިއާގެ ރެއިލްވޭ އެކްސިޑެންޓް: ހާދިސާ ހިނގީ ނުބައި ސިގްނަލެއް ދެވިގެންކަމަށް ބެލެވޭ

Mon, 05 Jun 2023 09:02 AM

View on this article on Dhen.mv

އިންޑިއާގެ ރެއިލްވޭ އެކްސިޑެންޓް: ހާދިސާ ހިނގީ ނުބައި ސިގްނަލެއް ދެވިގެންކަމަށް ބެލެވޭ

ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ނުރައްކާތެރި ރޭލު އެކްސިޑެންޓް ކަމަށްވާ އިންޑިއާގެ ނުރައްކާތެރި ރެއިލްވޭ އެކްސިޑެންޓް ހިނގަން މެދުވެރިވީ ސަބަބަކީ ނުބައި ސިގްނަލެއް ދެވުންކަމަށް ވެދާނެކަމަށް އިންޑިއާގެ ރެއިލްވޭ މިނިސްޓަރ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަޝްވިނީ ވައިޝްނައު ވިދާޅުވީ އިންޑިއާގެ އިރުމަތީ ސަރަހައްދުގައި ހިނގި ނުރައްކާތެރި މިއެކްސިޑެންޓުގައި ތިން ރޭލު ހަލާކުވެފައިވާކަމަށާއި، އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބާއި މީހުން ދެނެގަނެވިފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވައެވެ.

އިންޑިއާގެ ބާލަސޯރު ސިޓީގައި ދެ ފަސިންޖަރު ރޭލަކާއި މުދާ އުފުލާ ރޭލެއް ޖެހި ހިނގި މި އެކްސިޑެންޓްގައި މިހާތަނަށް 275 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ވަނީ ޒަޚަމްވެފައެވެ.

2016 ވަނަ އަހަރު، އުއްތަރަ ޕްރަދޭޝްގެ އުތުރުގެ ސްޓޭޓެއްގައި ހިނގި އެކްސިޑެންޓެއްގައި 140 އަށް ވުރެ ގިނަ މީހުން މަރުވި އިރު، ހުކުރު ދުވަހު ހިނގި އެކްސިޑެންޓުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 2016 ވަނަ އަހަރު ހިނގި ނުރައްކާތެރި އެކްސިޑެންޓަށް ވުރެ މައްޗަށް ގޮސްފައެވެ.



More from Dhen.mv