އަޅުގަނޑުމެންގެ ރައީީސް ވައްކަމެއް ނުކުރައްވާނެ: ނިޒާރު

Mon, 05 Jun 2023 08:41 AM

View on this article on Dhen.mv

އަޅުގަނޑުމެންގެ ރައީީސް ވައްކަމެއް ނުކުރައްވާނެ: ނިޒާރު

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު، ވައްކަން ނުކުރައްވާނެ ކަމަށާއި، ރައްޔިތުންނަށް ހިޔާނާތްތެރިވެވަޑައިނުގަންނަވާނެ ކަމަށް އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ އައްޑޫގެ ތަރައްގީ ފާހަގަކުރުކުގެ ގޮތުން، ރޭ ހިތަދޫ ސިޓީ ސްކޮޔާގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަމުންނެވެ.

އައްޑޫގެ މޭޔަރު ނިޒާރު ވިދާޅުވީ ވާދަވެރި ފަރާތްތަކުން މަސައްކަތް ކުރަނީ ފިތުނަވެރި ވާހަކަތައް ދައްކައިގެން ޤައުމު ހަލަބޮލި ކުރަން ކަމަށެވެ. އަދި އެއްވެސް ހަޤީޤަތެއް ނެތް ވައްކަން މީހުންގެ ބޮލުގައި އަޅުވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު އެއްގޮތަކަށް ވެސް އަޅުގަނޑުގެ ތާއީދާއެކު ހުންނެވި ރައީސަކަށް ވީތީ ދައްކާ ވާހަކައެއް ނޫން. ވައްކަމެއް ނުކުރައްވާނެ، އަޅުގަނޑުމެންގެ ރައީސް ވައްކަމެއް ނުކުރައްވާނެ." ނިޒާރު ވިދާޅުވިއެވެ.

ނިޒާރު އިތުރަށް ވިދާޅުވީ، ވާދަވެރި ފަރާތްތަކުން ދައްކާ ފިތުނައިގެ ވާހަކަތަކުގައި ޖެހުމުގެ ބޭނުމެއް ނެތް ކަމަށެވެ.

އައްޑޫގެ ތަރައްޤީއަށް، މި ސަރުކާރުން ހަ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފައެވެ.



More from Dhen.mv