ރައީސް ޞާލިޙް ލަދުފުޅު ނުގަނޭތޯއޭ ހިތަށް އަރާ: ރައީސް ނަޝީދު

Mon, 29 May 2023 09:58 PM

View on this article on Dhen.mv

ރައީސް ޞާލިޙް ލަދުފުޅު ނުގަނޭތޯއޭ ހިތަށް އަރާ: ރައީސް ނަޝީދު

ޑިމޮކްރެޓްސް އަށް ސޮއިކުރެއްވި ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރ އަލީ ހާޝިމް (ސްމިތް) އާއި އެންވަޔަރްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުޖުތަބާ މަޤާމުން ކުރުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ފާޑުުކިޔައިފިއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސްމިތްގެ ގަދަ ހިއްވަރާއި މަޖާ މިޒާޖަކީ މުޅި އެމްޑީޕީގެ އެންމެ ބޮޑު ރަމްޒު ކަމަށެވެ. އަދި ސްމިތްއަކީ އެހެން ޒުވާނުންނެކޭ އެއް ފަދައިން އަނިޔާވެރިކަމާއި ދެކޮޅަށް ނިކުމެ މި ސަރުކާރު ގެނައުމަށް ވަރަށް މަސައްކަތް ކުރި ޒުވާނެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސްމިތްގެ ހިއްވަރު އަދި މާ ގަދަވާނެކަން ޔަގީން ކަމަށާއި ރައީސް ޞާލިޙް މިއަދު ސަރުކާރުން ވަކިކުރި މުޖްތަބާއަކީ މުޅި އިސްލާހީ ހަރަކާތުގަ އެންމެ ވަރުގަދަ އެއް ތަނބު ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

“ރައީސް ޞާލިޙް ލަދުފުޅުނުގަނޭތޯއޭ ހިތަށް އަރާ” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަންގެ މެމްބަރުން ޕާޓީން ވަކިވެގެން އުފައްދަން މަސައްކަތްކުރާ "ދަ ޑިމޮކްރެޓްސް" އަށް ސޮއިކުރެއްވި އެހެން ބައެއް ބޭފުޅުން ވެސް ވަނީ ސިޔާސީ މަގާމުތަކުން ވަކިކޮށްފައެވެ.



More from Dhen.mv