ރައީސް ނަޝީދުގެ މަންމާފުޅާއި ބައްޕާފުޅު އެމްޑީޕީ ދޫކުރައްވާ ދަ ޑިމޮކްރެޓްސްއަށް

Fri, 26 May 2023 08:49 PM

View on this article on Dhen.mv

ރައީސް ނަޝީދުގެ މަންމާފުޅާއި ބައްޕާފުޅު އެމްޑީޕީ ދޫކުރައްވާ ދަ ޑިމޮކްރެޓްސްއަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މަންމާފުޅާއި ބައްޕާފުޅު އެމްޑީޕީ ދޫކުރައްވައި ދަ ޑިމޮކްރެޓްސް އަށް ސޮއިކުރައްވައިފިއެވެ.

ނަޝީދުގެ މަންމާފުޅު އާބިދާ މުހައްމަދާއި، ބައްޕާފުޅު އަބްދުއްސައްތާރު އުމަރު އެ ޕާޓީއާ މިއަދު ގުޅިވަޑައިގެންނެވި އިރު އެދެބޭފުޅުންގެ ފޯމާ ހަވާލުވެވަޑައިގެންނެވީ ޕާޓީގެ މުއައްސިސް، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އީސީ އިން ދިނުމާއެކު އެޕާޓީ އުފެއްދުމަށް ބޭނުންވާ 3000 މީހުންގެ ސޮއި ހޯދުމުގެ މަސައްކަތް މިހާރު ގެންދަނީ ވަރަށް ފޯރިއާއެކު ކުރިއަށެވެ. މިއާއެކު އެމްޑީޕީގައި ތިބި ރައީސް ނަޝީދަށް ތާއިދުކުރައްވާ ފަރާތްތަކުން ދަނީ އެމްޑީޕީ ދޫކޮށް މި ޕާޓީއަށް ސޮއިކުރަމުންނެވެ.

އެހެންނަމަވެސް ރައީސް ނަޝީދު އަދިވެސް ހުންނެވީ އެމްޑީޕީގެ ރައީސްގެ މަގާމުގައި ކަން ފާހަގަކޮށްލެވެއެވެ.

ދަ ޑިމޮކްރެޓްސްގެ މަގްސަދަކީ ވީހާވެސް ރަނގަޅަކަށް ރައްޔިތުންގެ ބައިވެރިވުމާއި ގިނަބައެއްގެ ބަހާއި އެކު ޕާޓީގެ ސިޔާސަތުތަ ދެމެހެއްޓުން ކަމަށްކަމަށް އެޕާޓީގެ ސްޕޯކްސްޕާރސަން އަފްޝަން ލަތީފް ވިދާޅުވިއެވެ.


More from Dhen.mv