ތިން ރަށެއްގެ ބައި-އިލެކްޝަން މެއި 6 ގައި

Sat, 25 Mar 2023 12:08 PM

View on this article on Dhen.mv

ތިން ރަށެއްގެ ބައި-އިލެކްޝަން މެއި 6 ގައި

ތިން ދާއިރާއެއްގެ ބައި-އިލެކްޝަން އަންނަ މެއި 6 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.

އިލެކްޝަން ކޮމިޝަން (އީސީ)ން ބުނީ ވ. ރަކީދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަނާއި ވ. ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިން ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބު، އަދި އދ. ދިއްދޫ ކައުންސިލް އަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބު 2023 މޭ 06 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00ން ހަވީރު 4:00ށް ކަމަށް އީސީން ވިދާޅުވިއެވެ.

އީސީން ވިދާޅުވީ މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ 2023 މޭ 08 ވާ ހޯމަ ދުވަހު ދުވަހު ކަމަށެވެ.



More from Dhen.mv