ރައީސް ޞާލިޙް، ރައީސް މައުމޫންއާ ބައްދަލު ކުރައްވައިފި

Sun, 19 Mar 2023 01:43 PM

View on this article on Dhen.mv

ރައީސް ޞާލިޙް، ރައީސް މައުމޫންއާ ބައްދަލު ކުރައްވައިފި

ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)އާ އެކު އިތުރަށް މަޝްވަރާ ކުރުމަށް ނިންމައިފިއެވެ.

ރިޔާސީ އިންތިހާބާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ އެމްއާރްއެމްގެ ލީޑަރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ މަޝްވަރާ ކުރައްވާފައެވެ.

އެ މަޝްވަރާތަކާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު "އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ މަޝްވަރާ ކުރިއަށް ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ.

ރިޔާސީ އިންތިހާބާ ގުޅޭގޮތުން ކުރިއަށްދިޔަ މަޝްވަރާތަކުގައި މިއަދު ނިންމުނީ ރައިސް ސޯލިހްގެ ފަރާތުންނާއި އެމްއާރްއެމްގެ ފަރާތުން ޓީމްނަގައިގެން އިތުރަށް މަޝްވަރާ ކުރުމަށްކަމަށް މިއުވާން ވިދާޅުވިއެވެ.

ސަރުކާރު ކޯލިޝަންގައި މިހާރު އޮތް އެމްއާރްއެމްއިން ރިޔާސީ އިންތިހާބާ މެދު އަދި ގޮތެއް ނުނިންމައެވެ. އެހެންނަމަވެސް އެމްއާރްއެމްގެ ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ފާރިސް މައުމޫން ވެރިކަމަށް ކުރިމަތިލުމަށް ގޮވާލާ ސޯޝަލްމީޑިއާގައި ކެމްޕޭން އަންނަނީ ކުރިއަށް ގެންދަމުންނެވެ.

ރައީސް ސޯލިހާއެކު ކޯލީޝަން އަދި ހަދާފައިވަނީ އެމްޑީއޭ އާއި އަދާލަތު ޕާޓީއެވެ. ޖޭޕީން ވަނީ އިންތިހާބުގައި ވަކިން ވާދަކުރުމަށް ނިންމާފައެވެ.


More from Dhen.mv

...