އެމްއޭސީއެލްގެ މުވައްޒިފުންނަށް މިއަހަރު ރޯދައެލަވެންސާއި ހަދިޔާގެ ގޮތުގައި 5،000 ރުފިޔާ

Sun, 19 Mar 2023 12:50 PM

View on this article on Dhen.mv

އެމްއޭސީއެލްގެ މުވައްޒިފުންނަށް މިއަހަރު ރޯދައެލަވެންސާއި ހަދިޔާގެ ގޮތުގައި 5،000 ރުފިޔާ

މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ، އެމްއޭސީއެލްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރޯދަ އިނާޔަތާއި ހަދިޔާގެ ގޮތުގައި 5،000ރ. ދޭން ނިންމައިފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ސަރުކާރު މުވައްޒަފުންނަށް މިއަދު ރޯދަ އިނާޔަތް ޖަމާކޮށްދޭނެއެވެ. ކަލަންޑަރުގައިވާ ގޮތުން މި އަހަރު ރޯދަ މަސް ފެށެނީ އަންނަ ބުރާސްފަތި ދުވަހުއެވެ.

އެ ކުންފުނީގެ މުވައްޒަފުންނަށް މިއަދު ފޮނުވި ސާކިއުލާއެއްގައި ބުނީ މި އަހަރުގެ ރޯދަ މަހުގެ އިނާޔަތުގެ ފައިސާގެ ގޮތުގައި، ކޮންމެ މުސްލިމު މުވައްޒަފަކަށް 3،000ރ. މިއަދު ޖަމާކޮށްދޭނެ ކަމަށެވެ. އަދޮ އެ ކުންފުނީގެ މަސައްކަތުގެ ބާވަތުން މުވައްޒަފުންގެ ފަރާތުން ރޯދަ މަހުގައި ކުންފުނީގެ މަސައްކަތަށް ބޭނުންވާ އަހަންމިއްޔަތުކަން ފާހަގަކޮށް މި މަހާ ގުޅުވައިގެން ހަދިޔާގެ ގޮތުގައި 2،000ރ. ދޭން ނިންމާފައިވާ ކަމަށެވެ. މި ފައިސާ ވެސް ރޯދަ އިނާޔަތާ އެކު ޖަމާކޮށްދޭނެ ކަމަށް ބުންޏެވެ.


More from Dhen.mv

...