ތުރުކީއަށް އައި ބާރުގަދަ ބިންހެލުންތަކުން ސަލާަަމަތްވި މީހުންނަށް އިތުރު ކާރިސާއެއް!

Sun, 19 Mar 2023 09:00 AM

View on this article on Dhen.mv

ތުރުކީއަށް އައި ބާރުގަދަ ބިންހެލުންތަކުން ސަލާަަމަތްވި މީހުންނަށް އިތުރު ކާރިސާއެއް!

ތުރުކީގެ ދެކުނުއިރުމަތީ ދެ ސިޓީއެއްގެ މަގުތަކުގައި ފެންބޮޑުވެ 14 މީހުން މަރުވެ އެތައް ބަޔަކު ގެއްލިއްޖެއެވެ.

މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި، ތުރުކީއަށް މިދިޔަ މަހު އެރި ބާރުގަދަ ދެ ބިންހެލުމުން ސަލާމަތްވެ، ކޮންޓެއިނަރ ގެތަކުގައި ދިރިއުޅެމުން ދިޔަ މީހުންވެސް ހިމެނޭ ކަމަށް ސީއެންއެންއިން ރިޕޯޓު ކޮށްފައިވެއެވެ.

ސަންލިއުރްފާގެ މަގުތަކުގައި ފެންބޮޑުވެ، ކާރުތައް ވެއްޓި 12 މީހުން ވަނީ މަރުވެފައެވެ.

މި ހާދިސާގައި، އާދިޔާމަންގައި ދެ އާއިލާއެއް ދިރިއުޅެމުން ދިޔަ ކޮންޓެއިނަރެއް ވެސް ވަނީ ތާށިވެފައެވެ.

އެ ސިޓީގައި މަރުވި ދެ މީހުންގެ ތެރޭގައި ކޮންޓެއިނަރުގައި ދިރިއުޅޭ އަންހެނަކު ވެސް ހިމެނެއެވެ. އަދި އިތުރު ބައެއް މީހުން ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. ފެންބޮޑުވުމުގެ މި ހާދިސާއާ ގުޅިގެން، އެ ސިޓީގައި ހުރި ޓެންޓުތައް ވެސް ވަނީ ހުސްކޮށްފައެވެ.

އެންމެ ފަހުގެ މި ކާރިސާ ކުރިމަތިވެފައި މިވަނީ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ތުރުކީ-ސީރިއާ ބޯޑަރު ކައިރިއަށް އައި ދެ ބިންހެލުމުގައި 48،000 މީހުން މަރުވެ އެތައް ބަޔަކު ގެދޮރު ގެއްލިފައިވާތާ ފަސް ހަފުތާ ފަހުންނެވެ.


More from Dhen.mv

...