ސްޓޫޑެންޓް ލޯނަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި

Tue, 16 May 2023 08:36 AM

View on this article on Channel News Maldives

ސްޓޫޑެންޓް ލޯނަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި
ސްޓޫޑެންޓް ލޯނަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރެވިފައިވާކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރޭ ހުޅުމާލޭ އުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލަޝިޕާއި ހައި އެޗީވާސް ސްކޮލަރޝިޕް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މީގެކުރިން ބޭރު ޤައުމުތަކުން ކިޔެވުމަށް ފުރުސަތުތައް ނުލިބޭ އެތައް ދާއިރާއަކުން ކިޔެވުމުގެ ފުރުސަތުތައް ސަރުކާރުން މިހާރު ހޯއްދަވައިދެއްވާފައި ވާކަމަށެވެ. 

ރައީސް ވިދާޅުވީ ވީހާވެސް ގިނަ ދަރިވަރުންނަށް ސްޓޫޑަންޓް ލޯނު ދިނުމަށް ސަރުކާރުން ގެންނައިނބަދަލާއެކު ލޯނަށް މިހާތަނަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ ދަރިވަރުންނަށް ދޫކޮށްފައިވާކަމަ ށެވެ.

ސްޓޫޑެންޓް ލޯނު ލިބުނު 831 ދަރިވަރަކު މިހާރުވެސް ކިޔަވަމުންދާއިރު ބައެއް ދަރިވަރުން ކިޔަވާ ނިންމާފައިވާކަމަށާއި މިހާތަނަށް 1986 ދަރިވަރަކަށް ސްޓޫޑެންޓް ލޯނު ދީފައިވާކަމަށް ރައީސް ވިދާޅުވިއެވެ. 

ހިލޭ ޑްރީ ޕްރޮގްރާމްގައި މިހާތަނަށް 17000 އަށްވުރެ ގިނަ ދަރިވަރުންނަށް ފުރުސަތު ލިބިފައިވާއިރު މި ޕްރޮގްރާމަށް މިހާތަނަށް 567 މިލިއަން ރުފިޔާ ރުފިޔާ ހަރަދު ކުރެވިފައި ވާކަމަށް ރައީސް ވިދާޅުވިއެވެ.


More from Channel News Maldives