ހުޅުމާލެ މަގުތަކުގައި ޑިވައިޑަރާއި ޓްރެފިކްލައިޓް ހަރުކުރަނީ

Mon, 15 May 2023 11:51 PM

View on this article on Channel News Maldives

ހުޅުމާލެ މަގުތަކުގައި ޑިވައިޑަރާއި ޓްރެފިކްލައިޓް ހަރުކުރަނީ
ހުޅުމާލޭގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށް މަގުތަކުގައި ޑިވައިޑަރާއި ހިނގާ މީހުންނަށް ހާއްސަ ޓްރެފިކް ލައިޓް ހަރުކުރަން ނިންމައިފިއެވެ.
Advertisement

އާބަންކޯއިން ބުނީ ހުޅުމާލޭގެ އާބާދީ އިތުރުވެ ކާރުބާރު ބޮޑުވުމާ ގުޅިގެން އެކްސިޑެންޓްތައް ހިނގާ މިންވަރު ވަނީ އިތުރުވެފައި ކަމަށާއި ހުޅުމާލޭގެ މަގުތައް ރައްކާތެރި ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. 

މިކަމަށް ހައްލެއް ހޯދައިދިނުމަށް ކަމާ ބެހޭ ވުޒާރާތަކާ ގުޅިގެން އެ ކޯޕަރޭޝަނުން މިހާރު އަންނަނީ މަސައްކަތް ކުރަމުން ކަމަށް އެ ކުންފުނިން ބުނެއެވެ. 

ފުލުހުންނާ ގުޅިގެން މަގުތަކުގެ ރައްކާތެރިކަން އިތުރުކޮށް، ދުއްވާ އުޅަނދުތަކުގައި އުޅޭ ފަރާތްތަކާއި ހިނގާފައި އުޅޭ ފަރާތްތަކަށް ފަސޭހަވާނެ އަދި ރައްކާތެރި ގޮތްތަކެއް ހޯދައިދިނުމަށް ފުރިހަމަ ޕްލޭނެއް އެކުލަވާލައި މަސައްކަތްތައް ފެށިފައިވާ ކަމަށް އާބަންކޯއިން ބުނެއެވެ. 

އާބަންކޯއިން ބުނި ގޮތުގައި މިހާރަށް ގެނެވެން ހުރި ބަދަލުތައް ދެނެގަނެ، އެކްސިޑެންޓް ނުވަތަ ހެޑް އޮން ކޯލިޝަން މަދުކުރުމަށް ބޮޑެތި މަގުތަކުގެ މެދުގައި ޑިވައިޑަރުތަކެއް ހަރުކުރުމަށް ވަނީ ނިންމާފައެވެ.

"އެކަން ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޔޫ ޓާން ނަގާ ފަރާތްތައް ގަވާއިދާ އެއްގޮތަށް އެކަން ކުރުމަށް ބާރު އެޅުން. އެކަން އަންގައިދޭ ބޯޑުތައް މަގުމަތީގައި ހަރުކުރުމަށް ވަނީ ހަމަޖެހިފައި. އޭގެ އިތުރުން ހިނގާފައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން އިތުރު ކުރުމަށް ޕެޑެސްޓްރިއަން ކްރޮސިންގް ލައިޓުތައް ހަރުކުރުމުގެ މަސައްކަތްތަކުގެ ދަށުން، ހުޅުމާލޭގެ ދެ ސަރަހައްދެއްގައި ލައިޓް ހަރުކުރެވި ޓެސްޓިންގެ މަސައްކަތްތައް މިހާރު ދަނީ ކުރެވެމުން" -އާބަންކޯ-

އެ ލައިޓްތައް ހުޅުމާލޭގެ ކާރުބާރު ބޮޑު އަށް ސަރަހައްދެއްގައި ހަރުކުރާނެއެވެ.

މަގުތަކުގެ ފްލޯއަށް ބަދަލު ގެނައުމަށް މިހާރު ދަނީ ފުލުހުންގެ އިދާރާ އާއެކު މަޝްވަރާކުރެވި އެކަމުގެ މަސައްކަތްތައް  ކުރެވެމުންނެވެ. 

"ބައެއް މަގުތަކުގެ ޓްރެފިކް ފްލޯ ބަދަލުކޮށް ވީހާވެސް ރައްކާތެރި ގޮތްތަކެއް އަދި އާއްމުންނަށް ފަސޭހަވާނެ ގޮތްތަކެއް މި މަސައްކަތްތަކުގެ ތެރެއިން ބަލާ، މަގުތަކުގެ ފްލޯއަށް ބަދަލުތައް ގެނެވޭނެ،" -އާބަންކޯ-


More from Channel News Maldives