ޗާގޯސް މައްސަލައިގައި ބާ ކައުންސިލުން ދިރާސާއެއް ކުރަނީ

Mon, 15 May 2023 11:44 PM

View on this article on Channel News Maldives

ޗާގޯސް މައްސަލައިގައި ބާ ކައުންސިލުން ދިރާސާއެއް ކުރަނީ
ދިވެހިރާއްޖެ އާއި ފޯޅަވައްސާ ދެމެދު އޮތް ކަނޑުގެ ސަރަހައްދު ބައިނަލްއަގްވާމީ ކޯޓު މެދުވެރިކޮށް ދެ ގައުމުގެ މެދުގައި ބެހި ގޮތާ ގުޅޭ ދިރާސާއެއް ކުރުމަށް ބާ ކައުންސިލުން ނިންމައިފި އެވެ.
Advertisement

ދިވެހިރާއްޖެ އާއި ފޯޅަވައްސާ ދެމެދު އޮތް ކަނޑުގެ ސަރަހައްދު ބައިނަލްއަގްވާމީ ކޯޓު މެދުވެރިކޮށް ދެ ގައުމުގެ މެދުގައި ބެހި ގޮތާ ގުޅޭ ދިރާސާއެއް ކުރުމަށް ބާ ކައުންސިލުން ނިންމީ އެ މައްސަލަ އެތަނުން ދިރާސާ ކުރުމަށް ކައުންސިލުގެ ރައުޔެއް ހޯދަން މެމްބަރަކު ހުށަހަޅާފައި އޮތުމުންނެވެ. 

އެ މައްސަލަ ދިރާސާ ކުރާނީ އެ ކައުންސިލުގެ ލޯ ރިފޯމް އެން ރިސާޗް ކޮމެޓީން ކަމަށް ބާ ކައުންސިލުން ބުންޏެވެ.

ދިވެހިރާއްޖެ އާއި ފޯޅަވައްސާ ދެމެދު އޮތް ކަނޑުގެ ސަރަހައްދު ބައިނަލްއަގްވާމީ ކޯޓު މެދުވެރިކޮށް ދެ ގައުމުގެ މެދުގައި ބެހި ގޮތާ ގުޅޭ ގޮތުން ރާއްޖޭގެ ގާނޫނީ ވަކީލުންނާއި ސިޔާސީ މީހުންގެ ހިޔާލު ދެކަފިވެފައިވާއިރު، ބާ ކައުންސިލްގެ ރައީސް އިސްމާއިލް ވިޝާމް ކުރިންވަނީ، ކަނޑުގެ ސަރަހައްދު ބެހި ގޮތާ ގުޅޭ ގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއް ރީޓްވީޓް ކުރައްވާފައެވެ.

"އާންމު މަސްލަހަތާ ގުޅުންހުރި ގާނޫނީ ނުވަތަ ދުސްތޫރީ މައްސަލަތަކާއި ކަންތައްތަކާ ގުޅިގެން ރައުޔާއި މައުލޫމާތު ހާމަ ކުރުމަކީ" ގާނޫނީ ފަންނުގެ ގާނޫނުގައިވާ ގޮތުން ބާ ކައުންސިލުގެ ބާރުތަކާއި މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.


More from Channel News Maldives