ސުޕްރީމް ކޯޓުންވެސް ޔާމީނަށް ނާކާމިޔާބު

Mon, 15 May 2023 10:13 PM

View on this article on Channel News Maldives

ސުޕްރީމް ކޯޓުންވެސް ޔާމީނަށް ނާކާމިޔާބު
ރ. ފުއްގިރި މައްސަލައާ ގުޅިގެން ރައީސް އަބްދުﷲ ޔާމީންއާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ބައެއް ހެކިތަކާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުންވެސް އެ މަނިކުފާނަށް ނާކާމިޔާބު ވެއްޖެއެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ހިންގާފައިވާ ކަމަށް ބުނާ ހިޔާނާތާ ގުޅިގެން ޔާމީންއާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ބައެއް ހެކިތަކާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓާއި ހައި ކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި ޔާމީން އިސްތިއުނާފު ކުރުމުން، މިރޭ އެ ކޯޓުން އެ މައްސަލަ ނިންމީ ޔާމީދާ ދެކޮޅަށެވެ.

ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރިމައްސަލަ މިރޭ ނިންމިއިރު ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ހައި ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސްނުއް ސުއޫދާ، ފަނޑިޔާރު ޝުޖޫން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ. ރިޔާސަތު ބެލެހެއްޓެވީ ސުއޫދެވެ.

އެ މައްސަލާގައި ދައުލަތުން ހުށަހެޅި ބައެއް ހެކި ބަލައިނުގަތުމަށާއި ދައުލަތުގެ ބައެއް ހެކިތައް ސިއްރުނުކޮށް ހާމަކޮށްދިނުމަށް އެދި ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގަ އެވެ. ނަމަވެސް, ޔާމީން އެދުނު ގޮތަށް ކްރިމިނަލް ކޯޓުން ނުނިންމިއިރު، ކްރިމިނަލް ކޯޓުން ނެގި ސްޓޭންޑަށް ހައި ކޯޓުން ތާއީދުކޮށްފައެވެ.

ހެކި ބަލައިގަތުމުގައި ކްރިމިނަލް ކޯޓުގެ ނިންމުމުގައި ސަބަބު ބަޔާން ކޮށްފައި ނެތުމަކީ އެ ކޯޓުން ރަނގަޅަށް ކުރި ކަމެއް ނޫން ނަމަވެސް އަލުން އެ މަރުހަލާ ކްރިމިނަލް ކޯޓުން ކުރިއަށް ގެންދަން އަމުރު ނުކުރެވޭނެ ކަމަށްވެސް ސްޕްރީމް ކޯޓްގެ ހުކުމުގައި ވެއެވެ.

މީގެއިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު ހެކިންގެ ގޮތުގައި ބަލައިގަތުމުގެ މައްސަލާގައި ހައިކޯޓުން ނިންމި ނިންމުމާ ގުޅޭގޮތުން މިރޭ ސުޕްރީމް ކޯޓުން ނިންމީ ހެއްކާބެހޭ ގާނޫނުގެ ދަށުން އާ ހުށަހެޅުންތަކަށް ފުރުސަތު ދޭން ނުޖެހޭނެކަމަށާއި ސަބަބަކީ އެ ގާނޫނަކީ އެ މައްސަލާގެ ފަހުން އަމަލުކުރަން ފެށި ގާނޫނަކަށް ވާތީ އާއި ފަހުން އަންނަ ގާނޫނުގެ އުސޫލުތައް ހިނގާނީ ކުށާއި އަދަބު ކަނޑައަޅާ ގާނޫނުތަކުގައި އެކަނި ކަމަށްވާތީ ކަމަށެވެ.

ނަމަވެސް އަދީބާއި ޒިޔަތުގެ ހެކިބަހަށް ދެވޭނެ ބުރަދަނާ ގުޅޭގޮތުން ގޮތް ކްރިމިނަލް ކޯޓުގައި މިހާރު ހިނގަމުންދާ ފުއްގިރި މައްސަލައިގެ ޝަރީއަތުގެ މަރުހަލާއިން ގޮތެއް ކަނޑައެޅިދާނެކަމަށް ސްޕްރީމް ކޯޓުން މިރޭ ވަނީ ނިންމާފައެވެ.


More from Channel News Maldives