ޔާމީން މައްސަލައިގައި ސުޕްރީމް ކޯޓުން މިރޭ ހުކުމް ކުރަނީ

Mon, 15 May 2023 07:12 PM

View on this article on Channel News Maldives

ޔާމީން މައްސަލައިގައި ސުޕްރީމް ކޯޓުން މިރޭ ހުކުމް ކުރަނީ
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ހެކިތަކާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވާ ނިންމުންތަކުގެ އިސްތިއުނާފުގެ މައްސަލައިގެ ހުކުމް މިރޭ ކުރުމަށް ސުޕްރީމް ކޯޓުން ތާވަލުކޮށްފިއެވެ.

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ހެކިތަކާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވާ ނިންމުންތަކުގެ އިސްތިއުނާފުގެ މައްސަލައިގެ ހުކުމް ކުރުމަށް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައިވަނީ މިރޭ 8:30 ގައެވެ. 

މައްސަލައިގެ ހުކުމް ކުރުމުގެ މަޖިލީހަށް ޔާމިން ކޯޓަށް ހާޒިރުވާނެ ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެއެވެ. މައްސަލައިގެ އަޑު އެހުންތަކަށް، މާފުށީ ޖަލުން ޔާމީންވަނީ މާލެ ވަޑައިގެން ސުޕްރީމް ކޯޓަށް ހާޒިރުވެފައެވެ. 

ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިތުރު ބަޔަކަށް ދައުވާކުރާ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުން މިރޭ 12 ގެ ނިޔަލަށް މަޑުޖައްސާލަން ސުޕްރީމް ކޯޓުން ކުރިން އަމުރުކޮށްފައެވެ. ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ހުސްނުއްސުއޫދާ، ޝުޖޫން އަދި ޑރ. މުހައްމަދު އިބްރާހީމެވެ.

މި މައްސަލައިގައި މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު އޮތް އަޑު އެހުން ދެ ގަޑިއިރެއްހާއިރަށް ދެމިގެން ދިޔައިރު ހޯމަ ދުވަހު އޮތް ފަހު އަޑުއެހުން ފަސް ގަޑިއެއްހާއިރަށް ދެމިގެން  ދިޔައެވެ.

އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ އެ މައްސަލާގައި ޔާމީންގެ އިތުރުން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާއާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ.

ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ.



More from Channel News Maldives