ސްޓެލްކޯ ނޮލެޖް ހަބް: މުސްތަގުބަލު ބިނާކުރާނެ އައު ޕްލެޓްފޯމް

Thu, 18 Jul 2024 10:34 AM

View on this article on Bonthi News

ސްޓެލްކޯ ނޮލެޖް ހަބް: މުސްތަގުބަލު ބިނާކުރާނެ އައު ޕްލެޓްފޯމް

ސްޓެލްކޯއިން ”ނޮލެޖް ހަބް“ ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް އިފްތިތާހުކޮށްފިއެވެ.



ސްޓެލްކޯގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މިޕްރޮގްރާމް އިފްތިތާހުކޮށްދެއްވުމަށްފަހު މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ، އެކުންފުންޏަކީ 75 އަހަރުވެފައިވާ ވަރަށް ދުވަސްވީ ކުންފުންޏެއް ކަމުގައެވެ. އަދި ކުންފުނީގެ މުސްތަގުބަލާ ދޭތެރޭ ވިސްނާ ފިކުރުކޮށް، މުސްތަގުބަލު ރާވާ ޕްލެޓްފޯމަކަށް މި ނޮލެޖް ހަބް ވެގެން ދާނެކަމަށް އުންމީދު ކުރައްވާކަން ފަހުމީ ފާހަގަކުރެއްވިއެވެ.

މި ޕްރޮގްރާމްގެ ދަށުން މުވައްޒަފުންގެ ތެރޭގައި އެކި ދާއިރާތަކުގެ ޓްރެއިނަރުން އުފައްދައި، ޓެކްނިކަލް އަދި ނޮންޓެކްނިކަލް ދާއިރާތަކުން މުވައްޒަފުން ތަމްރީނުކޮށް ބިނާކުރުމުގެ މަސައްކަތް ކުރެވިގެންދާނެއެވެ. އަދި މިިކަމުގެ ސަބަބުން ކުންފުނީގެ މަސައްކަތްތަކަށް ހެޔޮ ބަދަލެއް އައިސް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު މަތިވެ އިތުރަށް ފުރިހަމަވެގެންދާނެއެވެ.

ސްޓެލްކޯއަކީ ތަޢުލީމީ، ގާބިލް ގިނަ މުވައްޒިފުންތަކެއް މަސައްކަތްކުރަމުން ގެންދާ ކުންފުންޏެއްކަން ފާހަގަކުރައްވަމުން ފަހުމީ ވިދާޅުވެފައިވަނީ މަތީ ޑިގްރީތަކެއް ނެތްނަމަވެސް ވަރަށް ތަޖުރިބާކާރު ގިނަ މުވައްޒިފުންތަކެއް ކުންފުނީގައި ހިދުމަތްކުރަމުން ގެންދާ ކަމަށާއި އެ މުވައްޒިފުންނަކީ ކުންފުނީގެ އެންމެ އަގުބޮޑު އެއް އެސެޓް ކަމަށެވެ.

ސްޓެލްކޯ ނޮލެޖް ހަބަކީ އިޖާދީ ވިސްނުމާއި ހިދުމަތުގެ އެންމެ މަތީ ގިންތިއަށް ވާސިލްވުމުގެ އަމާޒުގައި އެކުންފުނިން ފެށި ހަރަކާތެކެވެ.  މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ މުވައްޒަފުންގެ މެދުގައި ނަފްސު ތަރައްގީ ކުރުމުގެ ރޫޙާއި، ބަދަހިކަމާއެކު ގުޅިގެން ކުރިއެރުމުގެ ފިކުރު އަށަގެންނެވުމެވެ.



More from Bonthi News