ޤާސިމަށް ރިޔާސީ ޓިކެޓް ހަވާލުކުރުން ޖޫން 9 ގައި

Thu, 25 May 2023 04:03 PM

View on this article on Bonthi News

ޤާސިމަށް ރިޔާސީ ޓިކެޓް ހަވާލުކުރުން ޖޫން 9 ގައި
ޚަބަރުސިޔާސީ

ޤާސިމަށް ރިޔާސީ ޓިކެޓް ހަވާލުކުރުން ޖޫން 9 ގައި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމަށް ރިޔާސީ ޓިކެޓް އަންނަ ޖޫން މަހުގެ 9 ވަނަ ދުވަހު ހަވާލުކުރާ ގޮތަށް ނިންމައިފި އެވެ.

ޖުމްހޫރީ ޕާޓީން މިއަދު ބުނީ އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް، ޤާސިމް އިބްރާހިމަށް ރިޔާސީ ޓިކެޓް އަރުވަން އަންނަ ޖޫން މަހުގެ 9 ވަނަ ދުވަހު މާލޭގެ ކާނިވާ ސަރަޙައްދުގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީއިން ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލި މުއްދަތު ހަމަވިއިރު ވެސް އެ ޕާޓީގެ ލީޑަރު ޤާސިމް ފިޔަވައި އެއްވެސް ބޭފުޅަކު ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަ ކުރުމަށް އެދި ހުށަހަޅާފައިނުވެއެވެ. އެހެންކަމުން ޕްރައިމަރީއަކާ ނުލައި ޤާސިމަށް ޓިކެޓް ދޭން އެ ޕާޓީން ވަނީ ނިންމައިފަ އެވެ. ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ކެނޑިޑޭޓެއް ނެރުމަށް ނިންމާފައިވަނީ އެ ޕާޓީގެ 151 ވަނަ ބައްދަލުވުމުގައެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާންކުރައްވާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އިދިކޮޅު ޕީޕީއެމްގެ ފަރާތުން ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް އާއި، ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި، އެމްއެންޕީގެ ފަރާތުން ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމްއެވެ.


More from Bonthi News