ސެކިއުރިޓީގެ އިހުމާލު – އާންމު ރައްޔިތުންނަށް އަދަބު

Sat, 25 Mar 2023 10:50 PM

View on this article on Bonthi News

ސެކިއުރިޓީގެ އިހުމާލު – އާންމު ރައްޔިތުންނަށް އަދަބު

ޕީޕީއެމްގެ ސުލްހަވެރި އިހުތިޖާޖު ޕީޕީއެމް އޮފީސް ކުރިމަތީ ކުރިއަށް ދަނިކޮށް ސެކިޔުރިޓީގެ އިހުމާލުން ރައީސް އިބްރާހީމް ސާލިހުގެ ކާރު މޮޓޯކޭޑުގައި ވަތްއިރުއި އެތަނުގައި ހަރަކާތްތެރިވަމުން ދިޔަ މުޙައްމަދު އައްބާސް ވަނީ މި މަހު 24ގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ.

ރައީސް ސާލިހުގެ މޮޓޯކޭޑަށް ހުރަސް އެޅި ކަމުގެ ތުހުމަތުކޮށް ޕީޕީއެމްގެ މެންބަރު މުޙައްމަދު އައްބާސްގެ ބަންދަށް މިއަދު ހުޅުމާލެ ކޯޓުން ވަނީ 5 ދުވަސް ޖަހާފައެވެ.

މި މައްސަލައިގައި މިހާރު އައްބާސްގެ އިތުރުން 3 ފިރިހެނުންނާއި އަންހެނެއް ވަނީ ހައްޔަރުކޮށް މުއްދަތު ޖަހާފައެވެ. 2 މީހަކަށް  15  ދުވަސް ޖެހިއިރު އަނެއް 2 މީހުނަށް ވަނީ 5 ދުވަސް ޖަހާފައެވެ.



More from Bonthi News