ތިނަދޫގައި މުޒާހަރާ ކުރި ބިދޭސީން ޑިޕޯޓް ކުރަން ނިންމައިފި

Fri, 26 Jul 2024 01:22 PM

View on this article on Avas.mv

ތިނަދޫގައި މުޒާހަރާ ކުރި ބިދޭސީން ޑިޕޯޓް ކުރަން ނިންމައިފި

ގދ. ތިނަދޫގައި މުޒާހަރާ ކުރި ބިދޭސީން ޑިޕޯޓް ކުރަން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ނިންމައިފި އެވެ.

ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ ދާހިލީ ހަމަނުޖެހުންތަކާ ގުޅިގެން ތިނަދޫގައި މުޒާހަރާ ކުރި އެ ގައުމުގެ މީހުން ޑީޕޯޓްކުރަން ނިންމިކަން މިނިސްޓްރީންވެސް ކަށަވަރުކޮށްދެ އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ތަރުޖަމާނު ފާތިމަތު ރިފާއަތު ވިދާޅުވީ ރާއްޖެ އައިސް ސިޔާސީ މަސައްކަތެއް ކުރުމަކީ ވިސާއާ ހިލާފު އަމަލެއް ކަމަށެވެ. އެހެންކަމުން އެ މީހުން ކުރީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި ޑީޕޯޓްކުރަން ނިންމާފައިވާ ކަމަށެވެ.

ޑީޕޯޓްކުރާނެ ވަކި ތާރީހެއް މިނިސްޓްރީން ބުނެފައެއް ނުވެ އެވެ.





More from Avas.mv