އުމްރާއަށް ގޮސް ހުރި ދިވެހި އަންހެނަކު ނިޔާވެއްޖެ

Fri, 10 May 2024 02:36 PM

View on this article on Avas.mv

އުމްރާއަށް ގޮސް ހުރި ދިވެހި އަންހެނަކު ނިޔާވެއްޖެ

އުމްރާއަށް ގޮސް ހުރި ދިވެހި އަންހެނަކު ނިޔާވެއްޖެ އެެވެ.

މިއީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ގޮސް ހުރި އަންހެނެކެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ވިދާޅުވީ އޭނާ ނިޔާވީ އިއްޔެގެ ވަގުތެއްގައި މައްކާގައި ކަމަށެވެ.

ޝަކީލް ވިދާޅުވި ގޮތުގައި ނިޔާވި މީހާގެ ޖަނާޒާގެ ކަންކަން ހަމަޖެއްސުމުގައި އެ ކުންފުނީގެ މުވައްޒަފުންގެ އެކުންފުނީގެ އުމްރާވެރިން ތިބޭ ހޮޓަލުގެ މުވައްޒަފުންނާއި ސައުދީގައި ގާއިމުކޮށްފައިވާ ދިވެހި ދައުލަތުގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ފުރިހަމަ އެއްބާރުލުން ލިބުނު ކަމަށެވެ.

ޝަކީލް ވަނީ ނިޔާވި މީހާގެ އާއިލާއަށް ހައްޖު ކޯޕަރޭޝަންގެ ނަމުގައި ތައުޒިޔާވެސް ފޮނުއްވާފަ އެވެ.





More from Avas.mv