ހަ ބައި އިލެކްޝަނެއްގެ ވޯޓުލުން ފަށައިފި

Sat, 04 May 2024 09:23 AM

View on this article on Avas.mv

ހަ ބައި އިލެކްޝަނެއްގެ ވޯޓުލުން ފަށައިފި

ލޯކައުންސިލްތަކާ ގުޅޭ ހަ ބައި އިލެކްޝަނެއްގެ ވޯޓުލުން ފަށައިފި އެވެ.

އެގޮތުން މިއަދު ކުރިއަށްދަނީ މ. މަޑުއްވަރީ ކައުންސިލްގެ ރައީސާއި، ހއ. އުތީމާއި، ނ. ލަންދޫއާއި، ނ. ވެލިދޫ ކައުންސިލް މެންބަރެއް ހޮވުމުގެ އިތުރުން ހއ. ތަކަންދޫއާއި، ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންތަކެވެ.

މިއަދު ކުރިއަށްދާ ބައި އިލެކްޝަންތަކުގައި ވޯޓުލުމަށް ޖުމްލަ 11 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ. މީގެތެރެއިން ތިން ފޮށި ހުރީ ދަރުބާރުގޭގައެވެ. އަނެއް ބާކީ 8 ފޮށީގެ ތެރެއިން ތިން ފޮށި ހުރީ ވެލިދޫ ގައެވެ. މަޑުއްވަރި، އުތީމު، ލަންދޫ، ތަކަންދޫ އަދި އިންނަމާދޫގައި ކޮންމެ ރަށެއްގައި ފޮށްޓެއް ބަހައްޓާފައިވެ އެވެ.

މިރަށްތަކުގައި މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00އާ ހަމައަށް ވޯޓުލުން ކުރިއަށް ދާނެ އެވެ.

މިއަދު ކުރިއަށްދާ ބައި އިލެކްޝަންތަކުގައި 5،267 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދީފައިވެ އެވެ.





More from Avas.mv