މި ސަރުކާރުގެ ސަފީރުންނަށް ފުރަތަމަ ފަހަރަށް ރުހުން ދީފި

Mon, 29 Apr 2024 01:40 PM

View on this article on Avas.mv

މި ސަރުކާރުގެ ސަފީރުންނަށް ފުރަތަމަ ފަހަރަށް ރުހުން ދީފި

މި ސަރުކާރުން ކަނޑައެޅި ސަފީރުންނަށް ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަފީރު ކަމަށް ރުހުން ދީފައިވަނީ 8 ބޭފުޅަކަށެވެ.

މި ބޭފުޅުންގެ ނަންތއް ދިރާސާކުރި މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ވެސް ވަނީ ރުހުން ދިނުމަށް ފާސްކޮށްފަ އެވެ.

މަޖިލީހުން ރުހުން ދިން ވަޒީރުން

  • އެކުވެރި އަރަބި އިމާރާތް: މުޙައްމަދު ހުސައިން ޝަރީފް -- 39 މެންބަރުން ރުހުން ދިން
  • އިނގިރޭސިވިލާތް: ޑރ. އިރުތިޝާމް އާދަމް -- 39 މެންބަރުން ރުހުން ދިން
  • އދ. އަށް ކަނޑައަޅާ ދާއިމީ މަންދޫބު: ޑރ. އަލީ ނަސީރު މުޙައްމަދު -- 39 މެންބަރުން ރުހުން ދިން
  • ސްރީލަންކާ: މައްސޫދު އިމާދު -- 38 މެންބަރުން ރުހުން ދިން
  • މެލޭޝިއާ: ޑރ. މަރިޔަމް ޝަބީނާ އަހްމަދު -- 41 މެންބަރުން ރުހުން ދިން
  • ބެލްޖިއަމް އަދި ޔޫރަޕިއަން ޔޫނިއަން: ގީލާ އަލީ -- 40 މެންބަރުން ރުހުން ދިން
  • ޖެނީވާގައި ހުންނަ އދ.ގެ އޮފީސްތަކަށް ކަނޑައަޅާ ދާއިމީ މަންދޫބު: ޑރ. ސަލްމާ ރަޝީދު -- 40 މެންބަރުން ރުހުން ދިން
  • ސިންގަޕޫރު: މުޙައްމަދު ލުވައިޒް -- 41 މެންބަރުން ރުހުން ދިން

މުހައްމަދު ހުސައިން ޝަރީފް މީގެ ކުރިން ވަނީ ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމާއި ރައީސް އޮފީހުގެ ވަޒީރުކަމާއި ޔޫތު މިނިސްޓަރުކަމާއި ރައީސް އޮފީހުގެ ތަރުޖަމާނުކަން ކުރައްވާފަ އެވެ. މިވަގުތު އޭނާ ހުންނެވީ ފޮރިން މިނިސްޓްރީގައި އެމްބެސެޑާ އެޓް ލާޖުގެ މަގާމުގަ އެވެ.

ޑރ. އިރުތިޝާމް އާދަމް މީގެ ކުރިން ވަނީ ޔޫތު މިނިސްޓަރުކަމާއި ހެލްތު މިނިސްޓަރުކަން އަދި ސަފީރުކަން ކުރައްވާފަ އެވެ.

އދގެ ދާއިމީ މަންދޫބުކަން މީގެ ކުރިންވެސް ކުރެއްވި ޑރ. އަލީ ނަސީރު މުހައްމަދު ވަނީ ފޮރިން މިނިސްޓްރީގެ ވަރަށް ގިނަ މަގާމުތައް ފުރުއްވާފަ އެވެ. އެގޮތުން ޕާމަނަންޓް ސެކެރެޓްރީކަމާއި ސަފީރުކަންވެސް ހިމެނެ އެވެ. ޑރ. އަލީ ނަސީރުވެސް މިވަގުތު ހުންނެވީ ފޮރިން މިނިސްޓްރީގައި އެމްބެސެޑާ އެޓް ލާޖުގެ މަގާމުގަ އެވެ.

މުހައްމަދު ލުވައިޒް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފަ އެވެ.





More from Avas.mv