އަންހެނުންގެ ދައުރު ފުޅާކުރުމުން ހެޔޮ ނަތީޖާ ފެނޭ: ސާޖިދާ

Mon, 29 Apr 2024 12:08 PM

View on this article on Avas.mv

އަންހެނުންގެ ދައުރު ފުޅާކުރުމުން ހެޔޮ ނަތީޖާ ފެނޭ: ސާޖިދާ

ހިންގުމުގެ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާވުމުން މުއައްސަސާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ހެޔޮ ނަތީޖާ ފެންނަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ "މޯލްޑިވްސް ވިމެން އިން ޕޮލިސިން ކޮމިޓީ"ގެ ދެވަނަ ދައުރު އިފްތިތާހް ކުރުމަށް އިސްކަންދަރު ކޮށީގައި ރޭ ބޭއްވި ހާއްސަ ހަފްލާ ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މެޑަމް ސާޖިދާ ވިދާޅުވީ ދިވެހި ފުލުހުންގެ ދައުރަކީ ވަރަށް މުހިއްމު ދައުރެއް ކަމަށާއި، އޭގެ ތެރެއިންވެސް އަންހެން ފުލުހުންގެ ދައުރު އަދި ވަރަށް ބޮޑަށް މުހިއްމު ކަމަަށެވެ..

އަންހެން ފުލުހުންގެ ދައުރު މުހިއްމުވާ ކަންކަމުގެ މައްޗަށް ބައްލަވާލައްވަމުން ފަސްޓްލޭޑީ ވިދާޅުވީ އަންހެނުންގެ ބާރު ހަރުދަނާވެ، އަންހެނުންގެ ދައުރު ފުޅާވުމުން މުއައްސަސާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ހެޔޮ ނަތީޖާ ފެންނަ ކަމަށެވެ. އެހެންކަމުން ފުލުހުންގެ މުއައްސަސާގެ އެކި ހިދުމަތްތަކުގައި އެކި ދާއިރާތަކުގައި އަންހެން ފުލުހުންގެ ބަހާއި، ބައިވެރިވުމާއި، އެމީހުންނަށް އިސްކަން ދިނުން ވަރަށް މުހިއްމު ކަމުގައި ވިދާޅުވި އެވެ.

ސާޖިދާ ވިދާޅުވީ ދިވެހިރާއްޖޭގެ އަމްނު ބެލެހެއްޓުމުގައި ދިވެހި އަންހެން ފުލުހުން އަދާކުރާ މުހިއްމު ދައުރަށްޓަކައި އެކަމަނާ ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. އެގޮތުގައި ކުރިއަށް ދިއުމަށްވެސް އެދިވަޑައިގެންނެވި އެވެ. ހަމަ އެއާއެކު ކަނބަލުންގެ ބާރުވެރިކަން އިތުރުކުރެވޭނެ މަގު ހޯދުމުގެ މުހިއްމު ކަމަށާއި، ކަނބަލުންގެ ގާބިލްކަން އިތުރުވި ވަރަކަށް މުޖުތަމައުގައި އަންހެނުންގެ ތަޖުރިބާތައް ހިމެނޭ މައްސަލަތަކަށް ހައްލު ލިބުމުގެ މަގު ފަހިވެގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.





More from Avas.mv