ޔާމީންގެ ވަކީލް ސިޔާޒަށް ސްޓޭޓް މިނިސްޓަރުކަން

Mon, 29 Apr 2024 11:19 AM

View on this article on Avas.mv

ޔާމީންގެ ވަކީލް ސިޔާޒަށް ސްޓޭޓް މިނިސްޓަރުކަން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުންގެ ތެރޭގައި ހިމެނޭ އަބްދުﷲ ސިޔާޒު، އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުން ވަނީ އަވަސްއަށް މިކަން ޔަގީންކޮށްދީފަ އެވެ. ނަމަވެސް އައްޔަންކުރެއްވި ވަކި ދުވަހެއް ސާފުވާ ގޮތެއް ނުވި އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ސިޔާޒު ވަނީ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމު ފުރުއްވާފަ އެވެ.

އިކޮނޮމިކް މިނިސްޓްރީގައި ސިޔާޒުއާ އެކު ފަސް ސްޓޭޓް މިނިސްޓަރުން ތިއްބަވަ އެވެ. އަދި އެ މިނިސްޓްރީގައި ހަ ޑެޕިއުޓީ މިނިސްޓަރުންވެސް ތިއްބަވަ އެވެ.

ރައީސް ޔާމީން ޕީޕީއެމް ޕީއެންސީ އިން ވަކިވެވަޑައިގެން މިހާރު ވަނީ ޕީއެންއެފްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވާފަ އެވެ.





More from Avas.mv