ޕީއެންއެފް ރަޖިސްޓްރީކޮށްދީފި

Thu, 25 Apr 2024 08:46 PM

View on this article on Avas.mv

ޕީއެންއެފް ރަޖިސްޓްރީކޮށްދީފި

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދީފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ވަނީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ޕީއެންއެފް ހިމަނާ، އެ ޕާޓީއަށް ރަޖިސްޓްރީ ދޫކޮށްފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދަރިކަލުން -- ޒެއިން އަބްދުﷲ ޔާމީނަށް ޕީއެންއެފްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނީ މިދިޔަ އަހަރުގެ ނޮވެމްބަރު 29 ވަނަ ދުވަހު އެވެ.

ޕީއެންއެފް އުފެއްދުމުގެ މަސައްކަތް ފެށިއިރު ރައީސް ޔާމީން ގެންދެވީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ނަމަވެސް ޕާޓީގެ ރަޖިސްޓްރީ ލިބުނުއިރު އެމަނިކުފާނު ހުންނެވީ މިނިވަންވެފަ އެވެ.

ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައީސް ޔާމީންގެ ތާއީދާ އެކު ބައެއް ދާއިރާތަކަށް ބޭފުޅުން ވާދަކުރެއްވި ނަމަވެސް އެއްވެސް ބޭފުޅަކު ހޮވިފައެއް ނުވެ އެވެ.





More from Avas.mv