ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަންގެ މަގާމަށް ހީނާ

Tue, 23 Apr 2024 07:17 PM

View on this article on Avas.mv

ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަންގެ މަގާމަށް ހީނާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ކަމުގެ މަގާމަށް، ސ. ހިތަދޫ، ސަންސެޓްވިލާ، ހީނާ ވަލީދު މިއަދު އައްޔަންކުރައްވައިފި އެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަންކަމުގެ މަގާމުގެ މަސްއޫލިއްޔަތާ އަންހެން ބޭފުޅަކު ހަވާލުވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ކަމަށް ހީނާ ވަލީދު އައްޔަންކުރައްވާފައިވަނީ، އޭނާ މިހާރު ހުންނެވި އެންސްޕާގެ ސީއީއޯގެ މަގާމު އަދާކުރައްވަމުން ގެންދަވާ ގޮތަށެވެ.

ރައީސް އޮފީހުން ބުނީ އެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަންގެ ގޮތުގައި ހީނާ ވަލީދު މަސައްކަތް ކުރައްވަމުން ގެންދަވާނީ، މުސާރަ ނުނަންގަވާ މަގާމެއްގެ ގޮތުގައި ކަމަށެވެ.

މީގެ ކުރިން ހީނާ ވަލީދު ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޕޮލިޓިކަލް ޑިރެކްޓަރުކަމާއި، ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާގެ ގިނަ މަގާމުތަކެއް ފުރުއްވާފަ އެވެ. އަދި ރާއްޖޭގެ ގައުމީ މީޑިއާގައި ދިގު މުއްދަތަކު ހިދުމަތްކުރައްވާފައިވެ އެވެ. އެގޮތުން ޕަބްލިކް ސާވިސް މީޑިއާގެ ހެޑް އޮފް ނިއުސްގެ މަގާމުވެސް ހީނާ ވަލީދު ވަނީ އަދާކުރައްވާފަ އެވެ.

ޗީފް ސްޕޯކްސްޕާސަން އެޓް ދަ ޕްރެޒިޑެންޓްސް އޮފީސްގެ މަގާމަށް އައްޔަނުކުރެއްވި ހީނާ ވަލީދު މަތީ ތައުލީމު ހާސިލްކުރައްވާފައިވަނީ މާސް ކޮމިއުނިކޭޝަން ޖާނަލިޒަމް އެންޑް އެޑްވަޓައިސްމަންޓްގެ ދާއިރާއިންނެވެ





More from Avas.mv