ފޭކް ސްލިޕެއް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

Sat, 20 Apr 2024 12:53 PM

View on this article on Avas.mv

ފޭކް ސްލިޕެއް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

ފިހާރައަކުން ވިޔަފާރި ކުރުމަށްފަހު ފައިސާ ދެއްކިކަމުގެ ފޭކް ސްލިޕެއް ފޮނުވިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ޖަހާފަ އެވެ.

މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ފިހާރައަކުން ހަތަރު ސިނގިރޭޓް ފޮށި ނެގުމަށްފަހު ފައިސާ ދެއްކިކަމުގެ ފޭކް ސްލިޕެއް ފިހާރައަށް ފޮނުވުމަށްފަހު އަނެއްކާވެސް ސިނގިރޭޓް ފޮއްޓެއް ގަންނަން އައުމުން އޭނާ ހިފަހައްޓާ ވަނީ ފުލުހުންނަށް ރިޕޯޓްކޮށްފަ އެވެ.

އޭނާއަކީ ކުށުގެ ވެށީގައި އުޅޭ މީހެއްކަން އޭނާގެ ކުށުގެ ރެކޯޑަށް ބެލުމުން އެނގޭ ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައިވެ އެވެ.





More from Avas.mv