ސަރުކާރުގެ ފޯކަސް ހުރީ ނަތީޖާ ނެރުމަށް: ރައީސް

Sat, 20 Apr 2024 10:43 AM

View on this article on Avas.mv

ސަރުކާރުގެ ފޯކަސް ހުރީ ނަތީޖާ ނެރުމަށް: ރައީސް

ސަރުކާރުގެ ފޯކަސް ހުރީ ނަތީޖާ ނެރުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލޭގައި ދިރިއުޅޭ އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ރޭ ވިދާޅުވީ މި ސަރުކާރުން އެންމެ ގަޑިއިރެއްވެސް ބޭކާރުނުކުރާ ކަމަށާއި މުހިންމީ ނަތީޖާ ނެރެދިނުން ކަމަށެވެ.

އެންމެ ދުވަހެއް ވެސް އެންމެ ގަޑިއިރެއްވެސް މި ސަރުކާރަކުން ބޭކާރެއް ނުކުރަން. ރައްޔިތުންނަށް ވީ ވައުދުތައް ދުއްދުމުގައި ނޫނިއްޔާ އަޅުގަނޑުމެންގެ އެއްވެސް ބޭފުޅަކު ވަގުތެއް ހޭދައެއް ނުކުރައްވަވާ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބު ސަރުކާރަށް ލިބިއްޖެނަމަ ރައްޔިތުން ބޭނުންވާ ހުރިހާ ވައުދެއް ބާރު ސްޕީޑްގައި ފުއްދަވައިދެއްވާނެ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ގިނަ ގޮންޖެހުންތަކާއެކުވެސް ފާއިތުވި ފަސް މަސް ތެރޭގައި ނަތީޖާ ހާސިލުކޮށް ދެވިފައިވާ ކަމަށެވެ.

އައްޑޫ ސިޓީ ބްރިޖް މަޝްރޫއުގެ ޑިޒައިން މަސައްކަތް ފެށިފައިވާކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ބްރިޖުގެ އަމަލީ މަސައްކަތް ފައްޓަވާނެ ކަމަށެވެ.

"ނަތީޖާ ނޫން އެއްޗެއް އަޅުގަނޑަށް މުހިންމެއް ނޫން. އެހެންވީމަ އަޅުގަނޑުމެންގެ އަށް ކެންޑިޑޭޓުން ހޮވަންވީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.





More from Avas.mv