ހުޅުމާލޭގައި މިރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވި ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފި އެެވެ.
ހުޅުމާލޭގެ ސެންޓްރަލް ޕާކް ކައިރީގައި މިރޭ މި އެކްސިޑެންޓް ހިނގީ ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުކުރެވި ދެ ސައިކަލެއްގައި ޖެހިގެންނެވެ.
ފުލުހުން ބުނީ އެކްސިޑެންޓާ ގުޅިގެން އަނިޔާވީ ދެ ފިރިހެނަކާއި ދެ އަންހެނުންނަށް ކަމަށެވެ. އަނިޔާވި މީހުން ތިބީ ސައިކަލްތަކުގައެވެ.
މީގެތެރެއިން ފިރިހެނަކާއި އަންހެނެއްގެ ހާލު ސީރިއަސް ކަމަށް ހުޅުމާލެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
މިއެކްސިޑެންޓާ ގުޅޭ ވީޑިއޯއެއް ސޯޝަލްމީޑިއާގައި އާންމުވެފައިވާއިރު ބަޔަކު ހޭނެތިވެފައި ތިބޭ މަންޒަރު ވީޑިއޯ އިން ފެނެ އެެވެ.