ގާސިމު އާއި ސަލަފު ޖަމިއްޔާ ބައްދަލުކުރައްވައިފި

Sat, 25 Mar 2023 05:05 PM

View on this article on Avas.mv

ގާސިމު އާއި ސަލަފު ޖަމިއްޔާ ބައްދަލުކުރައްވައިފި

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމު އިބްރާހީމު އާއި ސަލަފު ޖަމިއްޔާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން އޮތީ ރޭ ސަން އައިލެންޑް ރިސޯޓުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ވަނީ މަޝްވަރާ ކުރެއްވި އެވެ.

އޭގެ އިތުރުން ރައީސް ނަޝީދާއި ޖޭޕީ އަދި ސަލަފު ޖަމިއްޔާ ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާއި ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

ކުރީގެ ރައީސް ނަޝީދުއާއެކު ކުރިއަށްދާން ޝައުގުވެރިނުވާކަން ސަލަފު ޖަމިއްޔާއިން ވަނީ މި ބައްދަލުވުމުގައި ހާމަކޮށްފަ އެވެ.

ރައީސް ނަޝީދު ލާދީނީ ފިކުރު ޕްރޮމޯޓްކުރާ ކަމަށް ސަލަފުން ވަނީ ތުހުމަތުކޮށްފަ އެވެ. އޭގެ އިތުރުން ރައީސް ނަޝީދުގެ ވެރިކަމުގައި އިޒްރޭލާ ގާތް ގުޅުން ބާއްވާ ރާއްޖޭގައި އިޒްރޭލުގެ ލޮލުގެ ކޭމްޕެއް ބޭއްވިކަން މި ބައްދަލުކުރެއްވުމުގައި ސަލަފުން ފާހަގަކުރި އެވެ.

މި ބައްދަލުކުރެއްވުން ނިމުނީ އެއްބަސްވުމަކާ ހަމައަށް ނާދެވި އެވެ.

ޖޭޕީގެ ލީޑަރު ގާސިމު އިބްރާހީމު އާއި ސަލަފު ޖަމިއްޔާ ބައްދަލުކުރައްވާފައިވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރުމަށް ޖޭޕީން ވަނީ ނިންމާފަ އެވެ. ޖޭޕީން ވަނީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީއަށްވެސް ހުޅުވާލާފަ އެވެ.



More from Avas.mv