ފުރަތަމަ 9 ސަފީރުން ޢައްޔަނުކުރައްވައިފި

Tue, 07 May 2024 09:53 PM

View on this article on Adhives Online

ފުރަތަމަ 9 ސަފީރުން ޢައްޔަނުކުރައްވައިފި

ބޭރު ޤައުމުތަކަށާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތައް ހިމެނޭގޮތަށް ނުވަ ސަފީރުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަނުކުރައްވައިފިއެވެ.



މިގޮތުން ޢައްޔަނު ކުރެއްވި ނުވަ ބޭފުޅުންނަކީ:

1. އެކުވެރި ޢަރަބި ޢިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ކޮތަންމާގެ، އަލްފާޟިލް މުޙައްމަދު ޙުސައިން ޝަރީފު

2. އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، ހ. އޯކިޑް، އިރުތިޝާމް އާދަމް

3. ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ފަށަލަ، ޑޮކްޓަރ ފަޟީލް ނަޖީބު

4. އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، ޑޮކްޓަރ ޢަލީ ނަޞީރު މުޙައްމަދު

5. ކިންގްޑަމް އޮފް ބެލްޖިއަމްއަށާއި، ޔޫރަޕިއަން ޔޫނިއަންއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ގީލާވިލާ، ޤީލާ ޢަލީ

6. މެލޭޝިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ރުއްފުށި، ޑޮކްޓަރ މަރްޔަމް ޝަބީނާ އަޙްމަދު

7. ދަ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕްބްލިކް އޮފް ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ތުޅާގިރި، މަސްޢޫދު ޢިމާދު

8. ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުކަމަށް، މ. ވިލާދަށުގެ، ޑޮކްޓަރ ސަލްމާ ރަޝީދު

9. ރިޕަބްލިކް އޮފް ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މއ. ދިލާސާގެ، މުޙައްމަދު ލުވޭޒު

މި ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

The post ފުރަތަމަ 9 ސަފީރުން ޢައްޔަނުކުރައްވައިފި first appeared on އަދިވެސް އޮންލައިން.



More from Adhives Online