އެޕްރީލް މަހު ފެން ބިލުން 10 ޕަސެންޓް ޑިސްކައުންްޓް ދެނީ

Sun, 05 May 2024 11:41 AM

View on this article on Adhives Online

އެޕްރީލް މަހު ފެން ބިލުން 10 ޕަސެންޓް ޑިސްކައުންްޓް ދެނީ

އެޕްރީލް މަހުގެ ފެން ބިލުން 10 ޕަސެންޓް ޑިސްކައުންޓް ދޭން އެމްޑަބްލިއުއެސްއީން ނިންމައިފި އެވެ.



މާލޭ ސަރަހައްދުގެ ފެނުގެ ހިދުމަތް ދެމުން އަންނަ ދައުލަތުގެ މައި ފެން ކުންފުނިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެޕްރީލް މަހުގެ ބިލުން ޑިސްކައުންޓް ދޭ އިރު އެ ބިލް މާޗް މަހުގެ ބިލަށްވުރެ ބޮޑު ނަމަ އެ ބިލްގައިވާ އަދަދު ކުޑަކުރާނެ ކަމަށެވެ. އަދި މިގޮތަށް ކުޑަކުރާ މިންވަރަކީ 10 ޕަސެންޓަށްވުރެ ކުޑަ މިންވަރެއް ކަމުގައިވާނަމަ އެ އަދަދު 10 ޕަސެންޓާ ހަމައަށް ކުޑަކޮށްދޭނެ ކަމަށެވެ.

މީގެ އިތުރުން އަލަށް ފެން އަދި ކަރަންޓް ލައިފައިވާ ފަރާތްތަކަށް ފޮނުވާފައިވާ ފުރަތަމަ ބިލަކީ މި އަހަރުގެ އެޕްރީލް މަހު ފޮނުވާފައިވާ ބިލެއް ނަމަ އެ ފަރާތްތަކަށް ވެސް 10 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެމްޑަބްލިއުއެސްސީން ބުނީ މިއަހަރުގެ އެެޕްރީލް މަހު ބިލްތަކަށް ޑިސްކައުންޓް ދީފައިވާ ގޮތާއި މިހާތަނަށް ބިލްތައް ފޮނުވާފައިވާ ފަރާތްތަކަށް ޑިސްކައުންޓް ދިނުމުން އަންނަ ބަދަލުތަކުގެ ތަފްސީލްތައް މިއަދުން ފެށިގެން އެސްއެމްއެސް މެދުވެރިކޮށް ފޮނުވާނެ ކަމަށެވެ.

އެޕްރީލް މަހު ފެން ބިލުން ޑިސްކައުންޓް ދިނުމަށް އެމްޑަބްލިއުއެސްސީން ނިންމާފައިވާއިރު މިދިޔަ ރޯދަ މަހު ކަރަންޓާއި ފެނުން ޑިސްކައުންޓް ދީފައިވެ އެވެ.

އެމްޑަބްލިއުއެސްސީން 11 މާޗުން ފެށިގެން 11 އެޕްރީލަށް ފޮނުވާފައިވާ ބިލްތަކަށް ވަނީ ޑިސްކައުންޓް ދީފަ އެވެ. އެގޮތުން ގޭބިސީތަކަށް 14 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ. އެއީ ޑޮމެސްޓިކް ކެޓަގަރީގެ 25 ޕަސެންޓެވެ.

ރޯމަ މަހު އެހެން މަސްތަކަށް ވުރެ ހަރަދުތައް ބޮޑު މަހަކަށް ވެގެންދާތީ ރައްޔިތުން ކުރަން ޖެހޭ ހަރަދުތަކަށް ލުޔެއް ދިނުމުގެ ގޮތުން ކަރަންޓާއި ފެން ބިލަށް ޑިސްކައުންޓް ދިނުމަށް ރައީސް ޑރ. މުއިއްޒު ނިންމެވި ނިންމެވުމާ ގުޅިގެން ސްޓެލްކޯ އިން ވެސް ވަނީ ރޯދަ މަހު ބޭނުން ކުރި ކަރަންޓް ބިލަށް ޑިސްކައުންޓް ދީފަ އެވެ. އެގޮތުން ގޭބިސީތަކަށް ފޯރުކޮށްދޭ ކަރަންޓަށް 20 މިިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

The post އެޕްރީލް މަހު ފެން ބިލުން 10 ޕަސެންޓް ޑިސްކައުންްޓް ދެނީ first appeared on އަދިވެސް އޮންލައިން.



More from Adhives Online