ޕީއެންސީގެ ކެންޕޭން ފަހު ހަރަކާތް- "ދިވެހީންގެ ހިނގާލުން" މާދަމާ

Fri, 19 Apr 2024 06:43 PM

View on this article on Adhives Online

ޕީއެންސީގެ ކެންޕޭން ފަހު ހަރަކާތް- "ދިވެހީންގެ ހިނގާލުން" މާދަމާ

"ދިވެހީންގެރާއްޖެ މަޖިލީހަށް" މިނަމުގައި ޕީއެންސީން ކުރިއަށް ގެންދާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެންޕެއިން ނިންމާލުމުގެ ހަރަކާތެއްގެ ގޮތުގައި "ދިވެހީންގެ ހިނގާލުން" މިނަމުގައި މާދަމާ ހިނގާލުމެއް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.



ޕީއެންސީން ބުނީ މި ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 3:30ގައި ރަސްފަންނު ސަރަހައްދުން ކަމަށާއި މަޖީދީމަގުން ހިނގާލުން ކުރިއަށް ގޮސް ނިންމާލާނީ 5:30 ގައި އާޓިފިޝަލް ބީޗް ސަރަހައްދުން ކަމަށެވެ.

މި ހިނގާލުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ވަޒީރުންނާއި ސަރުކާރުގެ އިސް ވެރިންގެ އިތުރުން ދާއިރާތަކަށް ވާދަކުރައްވާ ސަރުކާރުގެ ކެނޑިޑޭޓުންނާއި ސަޕޯޓަރުން އަަދި އާއްމުން ބައިވެރިވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ޕީއެންސީން ބުނެ އެވެ.

އާދިއްތަ ދުވަހު އޮންނަ މަޖިލިސް އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8 އިން ހަވީރު 5.30 އަށެވެ.

އާދިއްތަ ދުވަހު އޮންނަ މަޖިލިސް އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8 އިން ހަވީރު 5.30 އަށެވެ. މި ފަހަރުގެ އިންތިހާބުގައި މާލެ އާއި އަތޮޅުތަކުގެ 93 ދާއިރާއަށް ޖުމްލަ 368 ކެންޑިޑޭޓުން ވާދަކުރެއެވެ. މި ފަހަރުގެ އިންތިހާބުގައި ޖުމްލަ 602 ވޯޓު ފޮށި ބަހައްޓައެވެ. އެއީ ރާއްޖޭގައި 599 ފޮއްޓާއި ރާއްޖެެއިން ބޭރުގައި ތިން ފޮއްޓެވެ. ރާއްޖެެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ ލަންކާ، އިންޑިއާ އަދި މެލޭޝިޔާގައެވެ.

މި ފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 284،663 މީހުންނަށް ވަނީ ލިބިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 145،302 އަންހެނުންނާއި 139،361 ފިރިހެނުންނެވެ.

The post ޕީއެންސީގެ ކެންޕޭން ފަހު ހަރަކާތް- "ދިވެހީންގެ ހިނގާލުން" މާދަމާ first appeared on އަދިވެސް އޮންލައިން.



More from Adhives Online