ގައުމު އޮތީ ހަމަމަގުގައި، ރައްޔިތުން ސާބިތުކަމާ އެކު ރައީސް މުއިއްޒާ އެކު ކުރިއަށްދާންވީ: ޝަހީމް

Fri, 19 Apr 2024 06:29 PM

View on this article on Adhives Online

ގައުމު އޮތީ ހަމަމަގުގައި، ރައްޔިތުން ސާބިތުކަމާ އެކު ރައީސް މުއިއްޒާ އެކު ކުރިއަށްދާންވީ: ޝަހީމް

ގައުމު ހަމަމަގަށް އަޅުވަން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް އިދިކޮޅު އެމްޑީޕީން މަސައްކަތް ކުރަމުން ގެންދާއިރު "ރާއްޖޭގެ މިސްރާބު ހުރީ ރަނގަޅަށް" ކަމަށާއި ރައްޔިތުން ސާބިތުކަމާ އެކު ކުރިއަށްދާންވީ ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.



އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ ރައީސް ޑރ. މުއިއްޒު ވެރިކަން ކުރައްވަމުން އެ ގެންދަވަނީ ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރައްވައިގެން ކަމަށެވެ.

ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ބޭނުންވަނީ ގައުމަށް ހަމަޖެހުމާއި ތަރައްގީއާއި ރައްކާތެރިކަން ގެނައުމަށް ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވަމުން ގެންދަވައެވެ. ނަމަވެސް އެމްޑީޕީން މަޖިލިސްގެ މެޖޯރިޓީ ބޭނުންވެގެން އުޅެނީ ޖަވާބުދާރީކުރުވުމުގެ މާނައިގައި، ރައްޔިތުން ބޮޑު އަގުލައްބިއްޔަތަކުން ގެނައި ވެރިކަން ބަދަލުކޮށް، ގައުމުގެ ހަމަޖެހުން ނަގާލުމަށް ކަމަށް ތަކުރާރުކޮށް ރައީސް ގެންދަވަނީ ވިދާޅުވަމުންނެވެ.

އާދިއްތަ ދުވަހު އޮންނަ މަޖިލިސް އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8 އިން ހަވީރު 5.30 އަށެވެ.

އާދިއްތަ ދުވަހު އޮންނަ މަޖިލިސް އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8 އިން ހަވީރު 5.30 އަށެވެ. މި ފަހަރުގެ އިންތިހާބުގައި މާލެ އާއި އަތޮޅުތަކުގެ 93 ދާއިރާއަށް ޖުމްލަ 368 ކެންޑިޑޭޓުން ވާދަކުރެއެވެ. މި ފަހަރުގެ އިންތިހާބުގައި ޖުމްލަ 602 ވޯޓު ފޮށި ބަހައްޓައެވެ. އެއީ ރާއްޖޭގައި 599 ފޮއްޓާއި ރާއްޖެެއިން ބޭރުގައި ތިން ފޮއްޓެވެ. ރާއްޖެެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ ލަންކާ، އިންޑިއާ އަދި މެލޭޝިޔާގައެވެ.

މި ފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 284،663 މީހުންނަށް ވަނީ ލިބިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 145،302 އަންހެނުންނާއި 139،361 ފިރިހެނުންނެވެ.

The post ގައުމު އޮތީ ހަމަމަގުގައި، ރައްޔިތުން ސާބިތުކަމާ އެކު ރައީސް މުއިއްޒާ އެކު ކުރިއަށްދާންވީ: ޝަހީމް first appeared on އަދިވެސް އޮންލައިން.



More from Adhives Online